ރަތަފަންދޫ ހަތަރު މީހަކު ރަހުމު ކުޑަ ގޮތަކަށް ދިރިހުއްޓާ އަލިފާނަށްލާ އަންދާލިވާހަކަ

ހިތާމަވެރި މި ޙާދިސާއަކީ، ގއ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ "މާރެހާ" ގައި ހުރި ރާއްބޮއްލާ (ރާބޮނދި، ތުން ދިގު ކުޑަ ކޮށްޖަހާ ދޫންޏެއް.) އެވެ، ނަމަކަށް ކިޔާ ރުކަކާއި ގުޅިފައިވާ ޙާދިސާ އެކެވެ. ކުޑަދޯންޏެއްގައި އެމީހުން ފުރީ މީލާދީން 1978 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދުވަހެއްގަ އެވެ. އެއީ ހިޖްރައިން 1398 ވަނަ އަހަރުގެ ޛުލްޤައިދާ މަހެވެ. "އެއީ އަތަ ނުވަތަ ހިތަ ނަކަތެވެ." ކުރިއަށް އޮތީ، އުފާވެރި އަޟުޙާ ޢީދުނުވަތަ ބޮޑުޢީދެވެ. ވިލިގިނލީ އާދަނާ އާއި، ރަތަފަންދޫ ޢަބްދުﷲ (އަބްދޫ) އާއި އެރަށު ތަރިޖެހިގޭ އިބްރާހިމް ދީދީ އާއި، އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮ ޙަސަން ދީދީ އާއި ހަތަރު މީހުންގެ އެދަތުރަކީ، ވިޔަފާރި ދަތުރެކެވެ. ދަތުރުކުރީ ގއ.އަތޮޅަށެވެ. މައިގަނޑުގޮތެއްގައި އެމީހުން ގެންދިޔަ (ވިޔަފާރި) މުދަލަކީ، ދޮންކޭލާއި ދިޔާހަކުރާއި، ކާއްޓާއި، ގަހަނާގެ ބާވަތްތަކެވެ.
(މަޢުލޫމާތު: ރަތަފަންދޫ ޖަޢުފަރު ރަޝީދު، އެރަށު ތަރިޖެހިގޭ ފާޠުމަތު ޔޫސުފް.)


އަޅުގަނޑު މިލިޔާ ވާހަކައަކީ 1978 ހިސާބުގައި ގއ. ދިޔަދޫ ބަޔަކުނުކުމެ ގދ. ރަތަފަންދޫ ހަތަރު މީހުން އުވަދެވުމަށްޓަކައި ރޯކޮއްފައިހުރި އަލިފާންގަޑަށްލައި އަންދާ މަރާލި ވާހަކައެވެ. މިއީ މިރާއްޖޭގެ ތާރީހުގައިވެސް ހިންގާފައިވާ އެންމެ ބޮޑު މީހުންމެރުމުގެ ޖަރީމާއެވެ.. 

މިވާހަކަ ޔާއިގެން ކުރިޔަށް ދިއުމުގެ ކުރީން އުވަދަވަން ދަރުއަޅާގެން ރޯކޮއްފައި ހުންނައަލިފާންގަނޑުގެ ބާރުމިނާއި ގަދަކަމުގެ ވާހަކަ އުވަދެވި މަންޒަރު ފެނިފައިވާ ނުވާކުދިންނަށް ސިފަކޮއްދެވޭތޯބަލާނަމެވެ. އުވަދެވުމަށްޓަކައި ފުރަތަމަ ކޮންނާނީ އިސްކޮޅުޖެހޭވަރުގެ ބޮޑު ފުން ވަޅުގަނޑެކެވެ. ގާތްގަނޑަކަށް ވަޅުގަނޑުގެ ފުޅާމިނުގައި ބާރަފޫޓް އަދި ފުންމިނުގައި އަށް ފޫޓް ހުންނާނެއެވެ. އޭގެ ފަހުން އެވަޅުގަނޑުތެރޭއަށް ދަރު އަޅާފުރާލައެވެ. ދެންދަރުގެ މަތީގައި ފަރުން ގާނަގައިގެން އައިސް ގާއަޅާލައެވެ. މިގޮތުން ދިވެހީން އާންމުކޮށް އުވަދެވުމަށް ބޭނުންކުރަނީ ހޮޅިގަލެވެ. އޭގެފަހުގައި އެވަޅުގަނޑަށް ކަރާސީންތެޔޮ އަޅާފައި ރޯކޮއްލައެވެ. އެރޯކޮއްލާފއި ހުންނައިރު އެވަޅުގަނޑާއި ފަންސާސް ފޫޓާއިވެސް ކާރިވާން ލާހިކެއްނުވާނެއެވެ. އެހާވެސް ހޫނުގަދަވާނެއެވެ. ތިޔާގެތެރެއިން ވަރަށް ގިނަބޭފުޅުންނަށް މުހުއްމަދު ރަސޫލުﷲ ފިލްމުގައި ފިރުއަނުގެދަރި ފުނާއަޅުވާ މުސްލިމް އަންހެންމީހާއާއި އޭނާގެ ދަރިންތަށް ދޮންކޮއްފައިވާ ލޯއެއްޗަކަށް ލާފައި އަންދާ މަންޒަރު ފެނިފައިވާނެއެވެ. އެމަންޒަރު ހިތަށް ސިފަކޮއްބަލާށެވެ. އަޅުގަނޑު މިކިޔާދޭން އުޅެނީ އެފަދަ .ރީމާއެއްގެ ވާހަކައެވެ. މިރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިގާފައިވާ ހަޤީޤީ ހާދިޘާއެކެވެ 
 ރަތަފަންދޫ ވިޔަފާރި ގާފިލާއެއް ދެއްވަދޫގައި ޖައްސާފައި އެމީހުންގެނައި ސާމާނުވިއްކާފައި ދެންދިޔައީ ކަނޑަހުޅަދޫއަށެވެ. އެރަށުގައިވެސް އެއްޗެހި ވިއްކާފައި ދެންއެމީހުން ދިޔައީ ދިޔަދޫއަށެވެ. އޭރު އެޒަމާނުގައި ރަށަށް އަރައިފައިބަން ވަކިހާއްސަ ނެރެއް ނުއޮންނާތީ އެމީހުންގެ ބޮއްކުރާ ކާރިކުރީ ދިޔަދޫގެ ފުއްޓަރު ފަރާތަށެވެ. އޭރު އިރުއޮއްސެނީއެވެ. މިމީހުން ރަށަށް ކާރިކުރި މަންޒަރު އުވަދަވަން ތިބި އެރަށު ބަޔަކަށްބަޔަކަށް ފެނިއްޖެއެވެ. ހަމަފެނުމާއިއެކު އެއީ ވަގުރުކު އަޅަން އައިބަޔެއްކަމަށް ނިންމައި އެމީހުން ރޭރުކޮއްގެން ހިފައިހައްޔަރުކުރުމަށް މިމީހުން ނިންމިއެވެ. އޭގެ ފަހުންއިސްވެދެންނެވި ދިޔަދޫ މީހުން އެމީހުންގެ ޕްލޭނާއެއްގޮތަށް ރަތަފަންދޫ ހަތަރު މީހުން ހިފައި ހައްޔަރު ކުރިއެވެ. އޭގެފަހުގައި އެމީހުންގެ ހަތަރެސްފައި ރޯނުންބަނެވެ. އޭރު ހަރުއަޑު ރަތަފަންދޫ މީހުން ރޮއި އާދޭސްކުރަމުން ދިޔައެވެ. އެމީހުންނަކީ ވަގުރުކު އަޅަން އައިބައެއްނޫން ކަމަށާއި އެމީހުންނަކީ ވިޔަފާރިކުރުމަށް އަތޮޅުތެރޭގައި ދުއްވާ ބައެއްކަމުގައިވެސް އެމީހުން ތަކުރާރުކޮށް ﷲ ގަންދީ ހުވާކޮއްފައި ރޮމުން ބުނަމުން ދިޔައިރުވެސް އެމީހުންގެ ރުޔުމާއި އާދޭހަށް ބީރުކަންފަތެއް ދިނުމަށްފަހު އެމީހުންގެ މުދަލާއި ފައިސާ ފޭރިގަނެ އެމީހުން ދިރިތިއްބާ އެއްވެސް ރަހުމެއްނެތް ގޮތުގައި އުވަދެވުމަށްޓަކައި ރޯކޮއްފައިހުރި ބިޔައަލިފާންގަޑަށް އެހަތަރު މީހުން އެއްލާލާ ދިރި ތިއްބާ އެމީހުން މަރާލިއެވެ. މިމަންޒަރު އެރަށު އަންހެނެއް ވަރަށް ކާރިން ދުރުގައި ބަލަން ހުރިކަމަށް ވެއެވެ. މިއީ ސައްތައިން ސައްތައިސްލާމީ މިގައުމުގައި އިސްލާމުންތަކެއްގެ މުދަލާއި ފައިސާއަށް ރައްކާތެރިކަމެއްނުދީ އަދި އެމީހުންގެ ފުރާނައަށް ވެސް ރައްކާތެރިކަމެއްނުދީ މަރާލި އެންމެ ރަހުކުކުޑައަމަލެވެ. މިއީ ތޯތޯ ވާހަކައެއްނޫނެވެ. މިއީ ހަޤީޤީ ވާހަކައެކެވެ. މިޖަރީމާ ހިންގި ބައެއްމީހުން އަދިވެސް ދުނިޔޭގައި އެބައުޅެއެވެ. ދުވަހު ނޫސް ހަވީރުގެ އެޒަމާނުގެ އަދަދުތަކުގައި އެޖަރީމާ ކޮންމެވެސް ވަރަކަށް ކަވަރު ކޮއްފައި ހުއްޓާ އަޅުގަނޑު ދުށީމެވެ. މިހާރުވެސް ނެޝަނަލް ލައިބުރަރީން އޭރުގެ (1975-1977) ހަވީރު ނޫސް ލިބެން ހުންނާނެއެވެ.

މިހާރު ދިޔަދޫ ފަޅުތެރެއިން އެފެންނަ ކުޑަކުޑަ ރަށަކީ ރަތަފަންދޫ މީހުން އަންދާލިތަނެވެ. އެތަނަކީ ކުރިން ދިޔަދޫގެ ބައެކެވެ. މިހާރު އެވަނީ ގިރިގެން ގޮސް ވަކިވެފައެވެ. ބުނެވޭ ގޮތުގައި ދިޔަދޫ އަކީ ކުރިން ވަރަށް ތިޔާގިރަށެކެވެ. އަތޮޅުގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ދިޔަދޫ މީހުންގެ އަތްމަތި ތަނަވަސް ބަޔެކެވެ. ނަމަވެސް އެޖަރީމާއަށް ފަހު އެރަށް އެއްވެސް ކުރިއެރުމެއް ނުލިބި ރަށް ވީރާނާވެގެން ދިޔައީއެވެ. މިހާރު އެއީ މީހުން ދިރިނުއުޅޭ ފަޅުރަށެކެވެ.ރަށައް އެއްވެސް ކުރިއެރުމެއް ނުލިބުން ރައްޔިތުނަނަށް މަޖުބޫރުވީ އަވަށްޓެރި ރަށްތަކަށް ހިޖުރަ ކުރާށެވެ. މިގޮތުން މިހާރު ދިޔަދޫ މީހުން ދިރިއުޅެނީ ގއ.ކޮނޑޭ އާއި ގއ. ގެމަނަފުށީގައެވެ. 

  ގއ. ވިގިނގިލީގައި ބަޑަށް ވަޅިހަރާލައިގެން ފަސްމީހުން ވިލިނގިއްޔަށް ގެނައި ވާ ހަކައެއް ކުޑައިރު އަޑު އެހީމެވެ. ހަބަރު ތަކުން އެގުނު ގޮތުގަ އެއީ ދިޔަދޫ ބޭރުގައި އަޅާފައި އޮތް ހޯކޯމާރު ބޯޓެއްގެ ފަޅުވެރީން ކަންއެގުނެވެ. އެމީހުންނަށްވެސް ވަޅިން ހަމަލީ ޒަހަމް ކޮއްލީ ދިޔަދޫ މީހުންނެވެ. ދިޔަދޫ އެންމެނަކީ ގޯސްބަޔެކޭ އަޅުގަނޑު ނުދަންނަވަމެވެ. އަދި ބަޔަކު ކުރާ ގޯސްކަމުގެ ތަކުލީފު އެބައެއްގެ ތެރޭގައި އުޅޭ އެހެން އިންސާނުންނަށް ނުޖައްސަވައެވެ. ނަމަވެސް އެބައެއްގެ ތެރޭގައި ވިޔާނުދާ އަމަލުތައް ގިނަވެއްޖެނަމަ އެތަނެއް ހަލާކު ކުރައްވައެވެ. މީހުން ދިރިއުޅޭ ރަށެއް ފަޅުވުމަކީ ވެސް މިކަހަލަ ކަމެއް ކަމަށްވުން އެކަށީގެން ވެއެވެ. ސަދޫމު ހަލާކު ވެގެން ދިޔައީ އެބައި މީހުންގެ ތެރޭގައި ވިޔާނުދާ ފާހިޝް އަމަލުތައް ގިނަވެގެންނެވެ. ދިޔަދޫ މީހުންނަކީ ވެސް ވަރަށް ލާއިންސާނީ ބަޔެއް ކަމަށް އިހުޒަމާނުގެ މުސްކުޅިން ބުނެއުޅެއެވެ.






*ނޯޓް؛ އަޅުގަޑު ގެ މާރޗް 2014 ގައި މި ރައްތަކަށް ޒިޔާރަތް ކުރުމަށް ލިބުނެވެ. އަދި ކުރެވުނު ތަޖުރިބާ އަކީ ދިޔަދޫ އަކީ ބޮޑު ރަށެއްކަމަކު މީހުން ދިރި އުޅިފަވަނީ އެންމެ 50 ހަކަށް ގޯތީގާ ކަމެވެ. އަދި ރަށުގައި އަނބު ގަސްތަކާއި، ބަބުކެޔޮ ގަސްތައް މީހުން އުޅޭ ސަރަހައްދުގައި ހުރި ކަމެވެ. މިރަށުން މީހުން ބޭލުމުގެ މަސައްކަތް ފަށާފަ ވަނީ 2010 ވަނަ އަހަރު އެވެ، އަދި މިރަށަކީ މިހާރު ފަޅުރަށެ ކެވެ.

Copyright © 2004 & 2012 Ibrahim Mohamed! Inc. All rights reserved.e-mail:ibrahimmohd@gmail.com