EUROPA - Press Releases - Brussels, 20 March 2012 Declaration by High Representative Catherine Ashton on behalf of the European Union on the need for political reconciliation in the Maldives
EUROPA - Press Releases - Brussels, 20 March 2012 Declaration by High Representative Catherine Ashton on behalf of the European Union on the need for political reconciliation in the Maldives: EUROPA - Press Releases - Brussels, 20 March 2012 Declaration by High Representative Catherine Ashton on behalf of the European Union on the need for political reconciliation in the Maldives
Copyright © 2004 & 2012 Ibrahim Mohamed! Inc. All rights reserved.e-mail:ibrahimmohd@gmail.com
Maldivian women standing up for their rights. Their vote. Their freedom
Photo credit @Mauroof Khaleel & Sharaf
You want numbers? - MDP Protest February 24, 2012 (By TeamFaza)
MDP organises rally for women against government
(Haveeru video)
Copyright © 2004 & 2012 Ibrahim Mohamed! Inc. All rights reserved.e-mail:ibrahimmohd@gmail.com
އިން ރާއްޖެ ސަސްޕެންޑްކޮށް އިންތިހާބު ބޭއްވުމަށް ގޮވާލައި ކޮމަންވެލްތުން ނެރުނު ބަޔާން CMAG
ނުރަސްމީ ތަރުޖަމާ
- ރާއްޖޭގެ ހާލަތާބެހޭގުން ގޮތެއް ނިންމުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ އާދަޔާ ހިލާފު ސެޝަނެއް މިއަދު ބޭއްވުނެވެ.
- މި މީޓިންގެ ރިޔާސަތުގައި އިންނެވީ ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ފޮރިން މިނިސްޓަރ ސުރުޖްރާތަން ރަމްބަޗަން އެވެ. މި ސެޝަނުގައި އިތުރަށް ބައިވެރިވި ބޭފުޅުންގެ ތެރޭގައި ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޮންރަބަލް ޑރ. ދީޕޫ މޮނީ އާއި ކެނެޑާގެ ހާރިޖީ ވަޒީރު އޮނަރަބަލް ޖޯން ބާއިޑް އާއި ޓެލެކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގެންނެވި ޖެމެއިކާގެ ހާރިޖީ ވަޒީރު ސެނެޓަރ އާނޮލްޑް ޖޭ ނިކޮލަސަން އާއި ސެއެރޮލިއޯންގެ ހާރިޖީ ވަޒީރު އޮންރަބަލް ޖޯސެފް ބީ ދައޫދާ އާއި ޓެންޒޭނިއާގެ ހާރިޖީ ވަޒީރު އޮނަރަބަލް ބާނާރޑް ކޭ މެމްބެ އާއި އޮސްޓްރޭލިއާގެ ހާރިޖީވަޒީރު ޑެނިސް ރިޗާޑްސަން އަދި ވަނުއަޓޫ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޯއި މިކީ އެވެ.
- ރާއްޖޭގެ ވެރިކަމުގެ ބާރު ބަދަލުވެގެން ދިއުމުގައި ވަށައިގެންވާ ކަންތައްތަކުގެ ހަޤީޤަތް ހޯދުމަށްޓަކައި އަދި ކޮމަންވެލްތުގެ ސިފަތަކަށާއި އުސޫލުތައް ހިފަހައްޓާވަރު ބެއްލެވުމަށް ފެބްރުއަރީ 17 ން 19 އަށް ރާއްޖެއަށް ޒިޔާރަތް ކުރި ތިން މެމްބަރުންގެ މިނިސްޓަރުންގެ މިޝަނުން އެކުލަވާލި ރިޕޯޓް މިހާރުވަނީ ސީމެގް އަށް ލިބިފައެވެ. މި މިޝަންގައި ހިމެނެނީ، ޓީމުގެ އިސްކޮށް ހުންނެވީ ހާރިޖީ ވަޒީރު ރަންބަޗަންގެ އިތުރުން ހާރިޖީ ވަޒީރު މޮނީ އާއި ރިޗާޑްސަންއެވެ. މި ޒިރާރަތުގައި ކަމާބެހޭ ގިނަފަރާތްތަކަކާއި އެބޭފުޅުން ބައްދަލު ކުރެއްވިއެވެ.
- ކޮމަންވެލްތުން ކުރާ ކަންތައްތަކުގައި ހުރިހާ ފަރާތެއް ބައިވެރި ކުރުމާއި އަދި ގެންގުޅޭ ހަމަހަމަ ކަމުގެ އުސޫލުތަކާ އެއްގޮތްވާގޮތުން މަތިން، ރާއްޖޭގެ އައު ސަރުކާރުގެ އެޑްވައިޒަރ ޑރ. ހަސަން ސައީދުގެ ވާހަކަ މި ގްރޫޕުން އަހާފައިވެއެވެ. އަދި ހަމަ އެފަދައިން ޑރ. ފަރަހަނާޒް ފައިސަލްވަނީ ކުރީގެ ރައީސް ތަމްސީލު ކޮށްދެއްވާފައެވެ.
މިނިސްޓަރުންގެ މިޝަންގައި (ރާއްޖޭ ވަޑައިގެންނެވި) ހިމެނިވަޑައިގަންނަވާ ބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ސީމެގްން ޝުކުރުވެރިވެއެވެ. އެބޭފުޅުންގެ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ވެރިކަން ބަދަލުވުމުގައި ވަށައިގެންވާ ކަންތައްތައް ސީމެގްއަށް ވަރަށް ބޮޑަށް އޮޅުން ފިލާފައިވެއެވެ.
މިނިސްޓަރުންގެ މިޝަންގައި (ރާއްޖޭ ވަޑައިގެންނެވި) ހިމެނިވަޑައިގަންނަވާ ބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ސީމެގްން ޝުކުރުވެރިވެއެވެ. އެބޭފުޅުންގެ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ވެރިކަން ބަދަލުވުމުގައި ވަށައިގެންވާ ކަންތައްތައް ސީމެގްއަށް ވަރަށް ބޮޑަށް އޮޅުން ފިލާފައިވެއެވެ.
- މިޝަނުން ހުށަހެޅި ރިޕޯޓަށް ބަލައި އަދި ލިބިފައިވާ ހުރިހާ މަޢުލޫމާތުތަކަށް ބަލާއިރު، ލިބިފައިވާ ވަގުތުކޮޅުގެ ކުޑަކަމުން، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރައީސް ނަޝީދު ދެއްވި އިސްތިއުފާގެ ޤާނޫނީ ސައްހަކަމާމެދު ނިންމުމަކަށް އާދެވޭ ވަރެއް ނުވިއެވެ. އެހެން ކަމުން މިޤްރޫޕުން އެއްބަސްވެފައިވަނީ، 6 އަދި 7 ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކުގެ މިނިވަން ވަކިފަރާތަކަށް ނުޖެހޭ ތަޙްޤީޤެއް ދެފުށްފެންނަ ގޮތަކަށް ޤަބޫލުކުރެވޭފަދަ މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ ތަޙްޤީޤެއްގައި ބައިނަލްއަޤްވަމީ ބައިވެރިވުން އޮންނަން ޖެހޭނެކަމަށާއި އަދި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަސްވާ އުސޫލު ތަކެއްގެ މަތިން ކުރިއަށް ގެންދާން ޖެހޭނެކަމަށް ދެކެއެވެ.
- ރާއްޖޭގެ ހާލަތު ރަނގަޅުވާން ޖެހޭ ކަމަށް ސީމެގްއަށް އެނގިގަނެފައިވެއެވެ. އެހެން ކަމުން ސީމެގްން ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަނީ، ދައްކާ ވާހަކަތަކުގައި އަދި ކުރާ ކަންތައްތަކުގައި މައިތިރިކަން ހިޔާރުކުރުމަށާއި، އެކަކު އަނެކުންނަށް އިހްތިރާމް ކުރުމަށާއި، އަދި ޤައުމުގެ މަސްލަހަތު ކުރިއަށްނެރެ ކުރިއަށް ދިއުމަށްޓަކައި ހުރިހާ ފަރާތްތަކެއް އެއްބަސްވާ ގޮތެއް ހޯދުމަށް ވަގުތުން ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލަމެވެ. މިގޮތުން، އަވަސް އިންތިހާބެއް ބޭއްވުމަށް ތާރީޚެއް ކަނޑައެޅުމަށް އެއްވެސް ޝަރުތެއްނެތި މަޝްވަރާތައް ފެއްޓުމަށް ރައީސް ވަހީދާއި ރައީސް ނަޝީދަށް ގޮވާލަމެވެ. އަދި މި އިންތިހާބު މިއަހަރު ތެރޭގައި ބާއްވަން ޖެހޭނެއެވެ.
- ސީމެގްއިން ދެކޭގޮތުގައި، މަޝްވަރާތަކުގެ ސަބަބުން، ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 1 މާޗް 2012 ގައި މަޖްލިސް ޖަލްސާތައް ފެއްޓުމަށް މަގުފަހިވެގެން ދާނެއެވެ. އަވަސް އިންތިހާބެއް ބޭއްވުމަށްޓަކައި ޤާނޫނޫ އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާއި، އަދި ސުލްހަވެރި، އެންމެންގެ ބައިވެރިވުން ހިމެނޭ، އިތުބާރު ކުރެވޭ އިންތިހާބެއް ބޭއްވުމަށް މަގުފަހިވާނެ ފަދަ ޤާނުނޫ ފާސްކުރުމަށްޓަކައި، މި މަޝްވަރާތަކުގެ ތެރެއިން އެއްބަސްވުމަކަށް އާދެވެންވާނެއެވެ.
- ކޮމަންވެލްތުން ރާއްޖޭގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދެއްވުމަށް ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި ސީމެގް އިން ވަނީ އެދިފައެވެ. އަދި ރާއްޖެއަށް ހާއްސަ މަންދޫބެއް އެކަށައެޅުއްވަމަށް ސެކްރެޓަރީ ޖެނެރަލް ވިސްނަވާތީ ސީމެގް އިންވަނީ އެކަމަށްވެސް މަރުހަބާ ދަންނަވާފައެވެ.
ރައީސް ނަޝީދަށް ޤާނޫނު އަސާސީގެ ދަށުން ލިބެންޖެހޭ ހިމާޔަތާއި އިނާޔަތްތައް ލިބެމުންދާނެކަމަށް އައު ސަރުކާރުން ދީފައިވާ ޔަޤީންކަން ސީމެގްއިން ފާހަނގަ ކުރެއެވެ. ރައީސް ނަޝީދު ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓް އަމުރާގުޅިގެން ދިމާވެދާނެ ކަންތައްތަކަށް ސީމެގްއިން އިންތިހާއަށް ކަންބޮޑުވެއެވެ. އަދި ގޮވާލަނީ، މިމައްސަލައާމެދު ގޮތެއް ނިންމުމުގައި، އިންތިހާބުގައި އެމަނިކުފާނުގެ ބައިވެރިވުމަށް ހުރަސް ނޭޅޭނެ ގޮތަކަށް އަމަލު ކުރުމަށެވެ.
ރައީސް ނަޝީދަށް ޤާނޫނު އަސާސީގެ ދަށުން ލިބެންޖެހޭ ހިމާޔަތާއި އިނާޔަތްތައް ލިބެމުންދާނެކަމަށް އައު ސަރުކާރުން ދީފައިވާ ޔަޤީންކަން ސީމެގްއިން ފާހަނގަ ކުރެއެވެ. ރައީސް ނަޝީދު ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓް އަމުރާގުޅިގެން ދިމާވެދާނެ ކަންތައްތަކަށް ސީމެގްއިން އިންތިހާއަށް ކަންބޮޑުވެއެވެ. އަދި ގޮވާލަނީ، މިމައްސަލައާމެދު ގޮތެއް ނިންމުމުގައި، އިންތިހާބުގައި އެމަނިކުފާނުގެ ބައިވެރިވުމަށް ހުރަސް ނޭޅޭނެ ގޮތަކަށް އަމަލު ކުރުމަށެވެ.
- ސީމެގް އިން އިތުރަށް އެއްބަސްވެފައިވާ ގޮތުގައި، ޕާލަމަންޓްގައި ކުރުމަށް އެއްބަސްވެފައިވާ ކަންތައްތައް ކުރިއަށް ގެންދިއުމުގައި އަދި މަޝްވަރާތަކުން ނުކުންނަ ކަންތައްތަކާމެދު ކުރިއަށް ދިއުމުގައި، ކޮމަންވެލްތުން ފަންނީ އެހީ ރާއްޖޭގެ ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖްލިސްއަށް އަދި އިލެކްޝަންސް ކޮމިޝަނުގެ ޤާބިލުކަން އިތުރުކުރުމަށާއި ޑިމޮކްރެޓިކު ހަމަތަކާއި އުސޫލުތައް ޕްރޮމޯޓް ކުރުމުގައި ދޭންވާނެއެވެ. ވަކިން ހާއްސަކޮށް، ކޮމަންވެލްތަށް ގޮވާލަނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމަށާއި، އަދި ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާއި މަޝްވަރާކޮށްގެން ސުލްހަވެރިކަމާއެކު އިތުބާރު ކުރެވޭ އިންތިހާބަކަށް މި އިންތިހާބު ހެދުމަށް މަސައްކަތް ކޮށްދެއްވުމަށެވެ. އަދި، ހުށަހަޅާފައިވަނީ، އިންތިހާބަށް ދާއިރު، ވީހާވެސް އަވަހަކަށް ސިޔާސީ ޕާޓީތަކުން އަމަލު ކުރަންޖެހޭ ‘ކޯޑް އޮފް ކޮންޑަކްޓް’ (އަހްލާޤީ މިންގަނޑު) އެއް އެކުލަވާލުމަށެވެ.
- ސަރުކާރު ބަދަލުވުމަށް ދިމާވި ކަންތައްތަކުގެ ޖަވާބުތައް ނޭނގި ހުރީތީވެ، އަދި ރާއްޖޭގެ ހާލަތުގެ ނާޒުކުކަމުގެ ސަބަބުން، ސީމެގްއިން ގަސްދުކުރީ ކޮމަންވެލްތުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ބޭއްވުމަށެވެ. ސީމެގްއިން އިތުރަށް އެއްބަސްވަނީ، ސީމެގްގެ މެމްބަރު ގައުމެއްގެ މައްސަލަތައް ސީމެގްއިން ބަލަމުންދާ ހާލަތަކަށްވާތީވެ، އަދި ސީމެގްގެ ރަސްމީ އެޖެންޑާގައި އެގައުމެއް އޮންނަހާ ހިނދެއްގައި، ސީމެގްގެ މެމްބަރު ކަމުން ވަގުތީގޮތުން އެގައުމެއް ސަސްޕެންޑް ވާނެއެވެ. މިއުސޫލާއި އެއްގޮތްވާގޮތުގެ، ނިންމާފައިވަނީ ދިވެހިރާއްޖެ ސީމެގްގައި މިހާލަތުގައި ބައިވެރި ނުކުރާގޮތަށެވެ.
- ރާއްޖޭގައި މިކަންތައްތައް ކުރިއަށް ދާމިންވަރު ބެލުމަށާއި އަދި އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ސީމެގްގެ ބައްދަލުވުމުގައި، އަޅަންޖެހިދާނެ އިތުރު ފިޔަވަޅުތަކާމެދު ގޮތެއް ނިންމުމަށް، މާޗް މަހު ޓެލެކޮންފަރެންސް މެދުވެރިކޮށް މީޓިންއެއް ބާއްވާނެއެވެ.
Copyright © 2004 & 2011 Ibrahim Mohamed! Inc. All rights reserved.e-mail:ibumohd@gmail.com
Subscribe to:
Posts (Atom)















