ޚުދުމުހުތާރު ވުމުގެ ފުރުސަތުބޮޑު
ޕޮލިޓިކަލް ސައިންޓިސްޓުން ބުނާގޮތުން ރަޔާސީ ނިޒާމަކީ ކޮންސްޓިޓިއުޝަނަލީ ސްޓޭބަލް ނިޒާމެއްނޫނެވެ. ފްރެޑް ރިގްސް ފަދަ ބައެއް ޕޮލިޓިކަލް ސައިންޓިސްޓުން ވިދާޅުވާ ގޮތުގައި ރިޔާސީ ނިޒާމް ހިޔާރުކޮށްފައިވާ ހުރިހަ ޤައުމެއްވަނީ ޚުދުމުހުތާރު ވެރިކަމެއްގެ ތެރެއަށް ގެނބިގެން ގޮސްފައެވެ.
ރިޔާސީ އިންތިޚާބެއްގެ ހުރިހާ އިނާމެއްވެސް މަންފާއެއްވެސް އޮތީ އިންތިޚާބު ކާޟިޔާބު ކުރާ ފަރާތަށް އެކަންޏެވެ. އިންތިޚާބުގައި ކާމިޔާބު ނުލިބޭ މީހުން ޖެހެނީ ހުސްއަތާ ގެއަށް ދާށެވެ. ދެން އަނެއްކާވެސް އެމީހުންނަށް ފުރުސަތެއް ލިބެން އޮންނަނީ އެރިޔާސީ ދައުރެއް ހަމަވުމަށްފަހުގައެވެ.
ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭޕާޓީ ވެރިކަން ކުރާއިރު، އަޣުލަބިއްޔަތު ނުލިބޭ ޕާޓީތައް ގުޅިގެން އުފައްދާ ކޯލިޝަނުން އޮޕޮޒިޝަން ސަރުކާރެއް ޤާއިމްކުރާނެއެވެ. އަދި ވެރިކަން ކުރާ ޕާޓީގެ ބޮޑު ވަޒީރު ވެރިކަން ކުރަން ޖެހެނީ އެޕާޓީއެއްގެ މެންބަރުންގެ ކަނޑައަޅައި އެޕާޓީން ޤައުމަށް ހާމަކޮށްފައިވާ ސިޔާސަތާ އެއްގޮތަށެވެ. މިހާލަތުގައިވާ ބޮޑުވަޒީރަކު ދެންއަންނަ އިންތިޚާބެއް ނާކާމިޔާބު ވުމުގެ ނުތަނަވަސްކަމަށްވުރެ އޭނާއަށް ބޮޑު ރިސްކަކީ އޭނާގެ ޕާޓީގެ ސަޕޯޓް ގެއްލުމާއެވެ.
މިއާޚިލާފަށް ރިޔާސީ ނިޒާމެއްގައި ރައީސަކަށް އޮތީކީ ހަމައެކަނި އެހެން ސިޔާސީ ޕާޓީތަކުގެ ނުފޫޒު ނެތިކޮށްލުން އެކަންޏެއްނޫނެވެ. އޭނާގެ ޕާޓީގެ ވަކި ފެކްޝަނަކުން ބޭނުންވާގޮތަކަށް ދީލާލުމުގެ އިތުރަށް، އޭނާ ވެރިކަމަށް ގެނައުމަށް ޓިކެޓް ދިން ޕާޓީން ވަކިވެގެން ވެސް އޭނާގެ ދައުރުފުރިހަމަ ވަންދެން ވެރިކަމުގައި ބަގުޑި ބެއްދުމުގެ ފުރުސަތު އެބައޮވެއެވެ.
ރިޔާސީ ނިޒާމު ތަޢާރަފުކުރެވުނު އެއްވެސް ޤައުމެއްގައި މިހާތަނަށް ޑިމޮކްރަސީއެއް ޤާއިމްވެފައިނެތެވެ. އެފަދަ ހުރިހާ ޤައުމެއްގައި ދިރިފައިވަނީ ރައްޔިތުންގެ ހައްޤުތައް ރޮލާކާ ޚުދުމުހުތާރު ވެރިންތަކަކެވެ.
ޑިމޮކްރަސީ ޤާއިމްކުރުން ފޭލްވުމުގެ ދިރާސާ ކުރަން ވޭތުވެދިޔަ ޤަރުނުގެ ފަހުކޮޅުގައި މިސާލަކަށް ނެގިފައިވަނީ ރިޔާސީ ނިޒާމު އޮތް އެކުއެޑޯ އެވެ. މިޤައުމުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހުރިހާ ޤާނޫނުތަކެއް ވެރިންވަނީ ވީޓޯކޮށްފައެވެ. ތަސްދީގު ނުކޮށްފައެވެ. އެއްފަހަރަކު ޤާނޫނުހަދާ މަޖިލީހުގެ ތެރޭގައި ތިބި މެންބަރުންނަށް ކަރުނަ ގޭހުން ހަމަލާދީފައިވެއެވެ. އަނެއްފަހަރު ރިޔާސީ ނިޒާމުގެ ރައީސުގެ ހުށަހެޅުންތައް ފާސްކުރުމަށް ދާންދެން މިލިޓަރީ ފައުޖުތަކުން ވަނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން އެމަޖިލިސް ތެރޭގައި ރަހީނުކޮށްފައެވެ. މިއީ މިކިޔާ ފުރިހަމަ ރިޔާސީ ނިޒާމުގެ ކަންތައް އޮތްގޮތެވެ. 1984 ވަނަ އަހަރު އެކުއެޑޯގެ ޤާނޫނު ހަދާ މަޖިލީހުން އައްޔަންކުރި ސްޕްރީމް ކޯޓުގެ ފަނޑުޔާރުން ކޯޓުތަކަށް ވަނުން ރިޔާސީ ނިޒާމުގެ ރައީސް މަނާކުރިއެވެ.
ބާރުތައް ރޫޅޫން
ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރާ ފަރާތާއި ޤާނޫނު ހަދާފަރާތަކީ ލިޔުމުގައި ވަކި ދެބާރެވެ. ގިނަފަހަރު ޢަމަލުގައި މިދެބާރުވެސް އޮންނަނީ އެއްޕާޓީއަކަށެވެ. ނަމަވެސް ޤާނޫނުހަދާ ފަރާތާއި ވެރިކަން ކުރާފަރާތުގެ މެދުގައި އަރާރުން އުފެދި މިދެބާރުގެ ކޯޅުމާހެދި ސަރުކާރުން ނުހިންގި ޤައުމުގައި މަރުތަޅުއެޅިގެން ގޮސް ސިޔާސީ ނައުފަރަށް އަރާއިރުވެސް އެއްބަޔަކުއަނެއްގެ ބޮލަށް ޖަހާލާފައި ކަމުގެ ޒިންމާ ނަގާނެފަރާތެއް ނޯވެއެވެ. ރިޔާސީ ނިޒާމުގައި އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވާފައި ޒިންމާއިން ރެކިގަތުކަމީ ރައީސާއި ޤާނޫނު ހަދާ މަޖިލީހަށް އޮތް ފުރުސަތެކެވެ.
ވެރިކަމާއި ވެރިން ބަދަލުކުރުން ނާދިރުވުން
ސިޔާސީ ޢިލްމުވެރިން ޒުވާބެދެއްވާ ގޮތުގައި ރިޔާސީ ނިޒާމްގެ އެންމެ ބޮޑު ދޯހަޅިކަމަކީ ވެރިކަން ބަދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ނެތުމެވެ. ރައީސްގެ މަޤްބޫލުކަން ދަށަށްދިޔަޔަސް، އެރައީސެއްގެ ސިޔާސަތާއި މުޅިޤައުމުގެ %90 މީހުން ދެކޮޅު ހެދިޔަސް، ރައްޔިތުންނަށް ޣައްދާރުވެ ޚުދުމުހުތަރި ވިޔަކަސް، އެރިޔާސީ ދައުރެއް ނިމުމުގެ ކުރިން އޭނަ ވެރިކަމުން ދުރުކަމަކީ މުސްތަހީލުކަމަކެވެ. ނާދިރު ކަމެކެވެ. ރިސާޔީ ނިޒާމުގައި ވެރިން ބަދަލުނުކުރެވުމަކީ ރިޔާސީ ނިޒާމުގައި ޑިމޮކްރަސީއެއްގެ ވިންދުޖަހަން އެންމެ ބޮޑަށް ހުރަސްއަޅާ ކަމެވެ. ރިޔާސީ ނިޒާމުގައި ޤާނޫނީ ގޮތުން ވެރިކަން ބަދަލުކުރެވެން ނެތުމާއެކު، ރިޔާސީ ނިޒާމުގެ ވެރިންގެ ވެރިކަން ވައްޓާލުމުގައި މުޅިންވެސް ފެންނަނީ އަސްކަރީ އިންޤިލާބުތަކެވެ. ނަމަވެސް އަސްކަރީ އިންޤިލާބަކުން ވެރިން ބަދަލުކުރަން ޖެހުމުން އެއީ ޤައުމުގެ ރައްޔިތުންގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމެއްނޫން، ރައްޔިތުންގެ ރިހޭ ފައިބުރިކޮށް އަތްކެނޑުން ފަދަ ކަމެކެވެ.
މިއާޚިލާފަށް ބަރުލަމާނީ ނިޒާމެއްގައި އިތުބާރުނެތްކަމުގެ ވޯޓަކުން ބޮޑުވަޒީރު އެހެލުމަކީ ރައްޔިތުންނަށް ވަރަށް ފަސޭހަކަމެކެވެ. ގްރާސްރޫޓްގެ ޕްރެޝަރުން އުފެދިގެން އަންނަ ބިޔަ ރާޅު ދާނީ އެފަދަ މަޤްބޫލުކަން ކުޑަ ބޮޑުވަޒީރެއްގޮވައިގެންނެވެ. ގިނަފަހަރަށް ޕާޓީގެ މަސްލަހަތުގެ ސަބަބުން އެފަދަ މީހުންނަށް ޖެހޭނީ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދޭށެވެ. މީގެ ފުރިހަމަ މިސާލަކަށް އެމްޑީޕީގެ ގްރާސްރޫޓް މެންބަރުންގެ ރޫޚާ ޚިލާފަށް ޚުދުމުހުތާރު ޖާގައެއް ޤާއިމްކުރަން އުޅުނު އިބްރާހިމް އިސްމާއީލް އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާން ދިނުން ފާހަގަކޮށްލެވެއެވެ. ޕާޓީގެ ލީޑަރަކަށް އާދެވެނީ ޕާޓީގެ ރައްޔިތުން ކަޑައަޅާ ސިޔާސަތު ޤަބޫލުކޮށް، ޕާޓީއިން ރައްޔިތުންނަށް ވަޢުދުވާފަދައިން އެސިޔާސަތު ތަންފީޒުކުރާނެ ވެރިއެކެވެ. ބޮޑުވަޒީރުކަމުގައި ދެމިހުރެވޭނީ ޕާޓީގެ ގްރާސްރޫޓް މެންބަރުންގެ ރޫހުއޮވެގެންނެވެ. ގްރާސްރޫޓް މެންބަރުންގެ ސަޕޯޓް ދެމިއޮންނާނީ އެމެންބަރުންނާއި ރައްޔިތުން އުއްމީދުކުރާ ކަންތައްތައް ހާސިލްކޮށްދެވޭ ނަމައެވެ. އެއާ ޚިލާފް ވާޏަމަ ޖެހޭނީ އިސްތިއުފާދޭށެވެ.މަހަށްދާށެވެ. މިސާލަކަށް އިގިރޭސިވިލާުގެ މާގްރެޓް ތެޗަރ ފުދިބާކީވެއެވެ. ރައްޔިތުންނަށް ހަރާންކޯރުވެ އަދި ޕާޓީ މެންބަރުންގެ ޕްރެޝަރަށް އިސްތިއުފާ ދޭން ބޮޑުވަޒީރު އިންކާރުކޮށްފިނަމަ ޕާޓީގެ ޤަވާއިދުގައިވާ ގޮތުން ލީޑަރުކަމުގައި ހުންނަމީހަކު އެމަޤާމުން ވަކިކުރެވިދާނެއެވެ. މިހެން ވަކި ކުރުމާއެކު އޭނާ ބޮޑުވަޒީރުކަމުންވެސް ވަކި ކުރެވުނީއެވެ.
ނަމަވެސް ރިޔާސީ ނިޒާމެއްގެ ރައީސަކު ވެރިކަމުން ދުރުކުރެވެނީ ހަމައެކަނި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ރިޔާސީ ނިޒާމެއްގެ ރައީސެއްގެ ވެރިކަން ޤާނޫނީ ގޮތުން ބަދަލު ކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ރިޔާސީ ނިޒާމުގެ ރޫހާ ޚިލާފް ކަމެކެވެ.
ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދިނުމުގައި ރިޔާސީ ވެރިން އިންތިހާ ދަރަޖައަށް ފަރުވާކުޑަ ކުރުމަކީ ރިޔާސީ ނިޒާމުގެ އަނެއް ދޯހަޅިކަމެވެ. އެމެރިކާގަ އޮތް ނިޒާމާ ބެހޭ ގޮތުން ވޯލަޓަރ ބެޖްހޮޓް ވިދާޅުވަނީ" ސަރުކާރުން ބޭނުންވާ ޤާނޫނުތައް ނުހެދިގެން ސަރުކާރު ވަނީ ބޭނުންކެޑިފައި، ޒިންމާއެއްނެތި ޢަމަލުކުރަން ޖެހުމުގެ ސަބަބުން ޤާނޫނު ހަދާ މަޖިލިސް ވަނީ ފަސާދަވެފައި، އެމީހުން ނިންމާގޮތަށް އެމީހުންނަށް ޢަމަލުނުކުރެވޭތީ، އެހެންމީހުންގެ ހައްޤުތައް ހިފެހެއްޓުމުގެ ސަޒާ ލިބޭނީ ރައްޔިތުންނަށް، އެމީހުންނަށް ލިބިފައިވާ މިނިވަންކަން ވަނީ އެމީހުންނަށް ބޮޑުވެގެންވާ ނުތަނަވަސްކަމަކަށް" ކަމަށެވެ.
ވުމާއެކު ޖުމްލަގޮތެއްގައި ރިޔާސީ ނިޒާމަކީ ޤާނޫނީ މާހިރުންގެ ނަޒަރުގައި ޙުދުމުހުތާރު ވެރީންގެ ނިޒާމެވެ. ބަރުލަމާނީ ނިޒާމެއްގައި އެއޮންނަ ރައްޔިތުންގެ ބާރު އެނޫން އެއްވެސް ނިޒާމެއްގައި ރައްޔިތުންނަކަށް ނޯވެއެވެ. އަންނަ ހޮނިހިރު ދުވަހު ދިވެހި ރައްޔިތުން ވޯޓުލާންވީ އެމީހުންނަށް ބާރު ލިބިގަތުމަށެވެ. ބަރުލަމާނީ ނިޒާމަށެވެ.

1 comment:
[url=http://www.altmededu.com/]courses on alternative medicine[/url]
[url=http://www.altmedschool.com/]alternative medicine institute[/url]
[url=http://www.altmedschool.com/]alternative medicine distance learning[/url]
[url=http://www.altmededu.com/]alternative medicine school[/url]
Post a Comment