ރަތަފަންދޫ ހަތަރު މީހަކު ރަހުމު ކުޑަ ގޮތަކަށް ދިރިހުއްޓާ އަލިފާނަށްލާ އަންދާލިވާހަކަ

ހިތާމަވެރި މި ޙާދިސާއަކީ، ގއ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ "މާރެހާ" ގައި ހުރި ރާއްބޮއްލާ (ރާބޮނދި، ތުން ދިގު ކުޑަ ކޮށްޖަހާ ދޫންޏެއް.) އެވެ، ނަމަކަށް ކިޔާ ރުކަކާއި ގުޅިފައިވާ ޙާދިސާ އެކެވެ. ކުޑަދޯންޏެއްގައި އެމީހުން ފުރީ މީލާދީން 1978 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދުވަހެއްގަ އެވެ. އެއީ ހިޖްރައިން 1398 ވަނަ އަހަރުގެ ޛުލްޤައިދާ މަހެވެ. "އެއީ އަތަ ނުވަތަ ހިތަ ނަކަތެވެ." ކުރިއަށް އޮތީ، އުފާވެރި އަޟުޙާ ޢީދުނުވަތަ ބޮޑުޢީދެވެ. ވިލިގިނލީ އާދަނާ އާއި، ރަތަފަންދޫ ޢަބްދުﷲ (އަބްދޫ) އާއި އެރަށު ތަރިޖެހިގޭ އިބްރާހިމް ދީދީ އާއި، އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮ ޙަސަން ދީދީ އާއި ހަތަރު މީހުންގެ އެދަތުރަކީ، ވިޔަފާރި ދަތުރެކެވެ. ދަތުރުކުރީ ގއ.އަތޮޅަށެވެ. މައިގަނޑުގޮތެއްގައި އެމީހުން ގެންދިޔަ (ވިޔަފާރި) މުދަލަކީ، ދޮންކޭލާއި ދިޔާހަކުރާއި، ކާއްޓާއި، ގަހަނާގެ ބާވަތްތަކެވެ.
(މަޢުލޫމާތު: ރަތަފަންދޫ ޖަޢުފަރު ރަޝީދު، އެރަށު ތަރިޖެހިގޭ ފާޠުމަތު ޔޫސުފް.)


އަޅުގަނޑު މިލިޔާ ވާހަކައަކީ 1978 ހިސާބުގައި ގއ. ދިޔަދޫ ބަޔަކުނުކުމެ ގދ. ރަތަފަންދޫ ހަތަރު މީހުން އުވަދެވުމަށްޓަކައި ރޯކޮއްފައިހުރި އަލިފާންގަޑަށްލައި އަންދާ މަރާލި ވާހަކައެވެ. މިއީ މިރާއްޖޭގެ ތާރީހުގައިވެސް ހިންގާފައިވާ އެންމެ ބޮޑު މީހުންމެރުމުގެ ޖަރީމާއެވެ.. 

މިވާހަކަ ޔާއިގެން ކުރިޔަށް ދިއުމުގެ ކުރީން އުވަދަވަން ދަރުއަޅާގެން ރޯކޮއްފައި ހުންނައަލިފާންގަނޑުގެ ބާރުމިނާއި ގަދަކަމުގެ ވާހަކަ އުވަދެވި މަންޒަރު ފެނިފައިވާ ނުވާކުދިންނަށް ސިފަކޮއްދެވޭތޯބަލާނަމެވެ. އުވަދެވުމަށްޓަކައި ފުރަތަމަ ކޮންނާނީ އިސްކޮޅުޖެހޭވަރުގެ ބޮޑު ފުން ވަޅުގަނޑެކެވެ. ގާތްގަނޑަކަށް ވަޅުގަނޑުގެ ފުޅާމިނުގައި ބާރަފޫޓް އަދި ފުންމިނުގައި އަށް ފޫޓް ހުންނާނެއެވެ. އޭގެ ފަހުން އެވަޅުގަނޑުތެރޭއަށް ދަރު އަޅާފުރާލައެވެ. ދެންދަރުގެ މަތީގައި ފަރުން ގާނަގައިގެން އައިސް ގާއަޅާލައެވެ. މިގޮތުން ދިވެހީން އާންމުކޮށް އުވަދެވުމަށް ބޭނުންކުރަނީ ހޮޅިގަލެވެ. އޭގެފަހުގައި އެވަޅުގަނޑަށް ކަރާސީންތެޔޮ އަޅާފައި ރޯކޮއްލައެވެ. އެރޯކޮއްލާފއި ހުންނައިރު އެވަޅުގަނޑާއި ފަންސާސް ފޫޓާއިވެސް ކާރިވާން ލާހިކެއްނުވާނެއެވެ. އެހާވެސް ހޫނުގަދަވާނެއެވެ. ތިޔާގެތެރެއިން ވަރަށް ގިނަބޭފުޅުންނަށް މުހުއްމަދު ރަސޫލުﷲ ފިލްމުގައި ފިރުއަނުގެދަރި ފުނާއަޅުވާ މުސްލިމް އަންހެންމީހާއާއި އޭނާގެ ދަރިންތަށް ދޮންކޮއްފައިވާ ލޯއެއްޗަކަށް ލާފައި އަންދާ މަންޒަރު ފެނިފައިވާނެއެވެ. އެމަންޒަރު ހިތަށް ސިފަކޮއްބަލާށެވެ. އަޅުގަނޑު މިކިޔާދޭން އުޅެނީ އެފަދަ .ރީމާއެއްގެ ވާހަކައެވެ. މިރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިގާފައިވާ ހަޤީޤީ ހާދިޘާއެކެވެ 
 ރަތަފަންދޫ ވިޔަފާރި ގާފިލާއެއް ދެއްވަދޫގައި ޖައްސާފައި އެމީހުންގެނައި ސާމާނުވިއްކާފައި ދެންދިޔައީ ކަނޑަހުޅަދޫއަށެވެ. އެރަށުގައިވެސް އެއްޗެހި ވިއްކާފައި ދެންއެމީހުން ދިޔައީ ދިޔަދޫއަށެވެ. އޭރު އެޒަމާނުގައި ރަށަށް އަރައިފައިބަން ވަކިހާއްސަ ނެރެއް ނުއޮންނާތީ އެމީހުންގެ ބޮއްކުރާ ކާރިކުރީ ދިޔަދޫގެ ފުއްޓަރު ފަރާތަށެވެ. އޭރު އިރުއޮއްސެނީއެވެ. މިމީހުން ރަށަށް ކާރިކުރި މަންޒަރު އުވަދަވަން ތިބި އެރަށު ބަޔަކަށްބަޔަކަށް ފެނިއްޖެއެވެ. ހަމަފެނުމާއިއެކު އެއީ ވަގުރުކު އަޅަން އައިބަޔެއްކަމަށް ނިންމައި އެމީހުން ރޭރުކޮއްގެން ހިފައިހައްޔަރުކުރުމަށް މިމީހުން ނިންމިއެވެ. އޭގެ ފަހުންއިސްވެދެންނެވި ދިޔަދޫ މީހުން އެމީހުންގެ ޕްލޭނާއެއްގޮތަށް ރަތަފަންދޫ ހަތަރު މީހުން ހިފައި ހައްޔަރު ކުރިއެވެ. އޭގެފަހުގައި އެމީހުންގެ ހަތަރެސްފައި ރޯނުންބަނެވެ. އޭރު ހަރުއަޑު ރަތަފަންދޫ މީހުން ރޮއި އާދޭސްކުރަމުން ދިޔައެވެ. އެމީހުންނަކީ ވަގުރުކު އަޅަން އައިބައެއްނޫން ކަމަށާއި އެމީހުންނަކީ ވިޔަފާރިކުރުމަށް އަތޮޅުތެރޭގައި ދުއްވާ ބައެއްކަމުގައިވެސް އެމީހުން ތަކުރާރުކޮށް ﷲ ގަންދީ ހުވާކޮއްފައި ރޮމުން ބުނަމުން ދިޔައިރުވެސް އެމީހުންގެ ރުޔުމާއި އާދޭހަށް ބީރުކަންފަތެއް ދިނުމަށްފަހު އެމީހުންގެ މުދަލާއި ފައިސާ ފޭރިގަނެ އެމީހުން ދިރިތިއްބާ އެއްވެސް ރަހުމެއްނެތް ގޮތުގައި އުވަދެވުމަށްޓަކައި ރޯކޮއްފައިހުރި ބިޔައަލިފާންގަޑަށް އެހަތަރު މީހުން އެއްލާލާ ދިރި ތިއްބާ އެމީހުން މަރާލިއެވެ. މިމަންޒަރު އެރަށު އަންހެނެއް ވަރަށް ކާރިން ދުރުގައި ބަލަން ހުރިކަމަށް ވެއެވެ. މިއީ ސައްތައިން ސައްތައިސްލާމީ މިގައުމުގައި އިސްލާމުންތަކެއްގެ މުދަލާއި ފައިސާއަށް ރައްކާތެރިކަމެއްނުދީ އަދި އެމީހުންގެ ފުރާނައަށް ވެސް ރައްކާތެރިކަމެއްނުދީ މަރާލި އެންމެ ރަހުކުކުޑައަމަލެވެ. މިއީ ތޯތޯ ވާހަކައެއްނޫނެވެ. މިއީ ހަޤީޤީ ވާހަކައެކެވެ. މިޖަރީމާ ހިންގި ބައެއްމީހުން އަދިވެސް ދުނިޔޭގައި އެބައުޅެއެވެ. ދުވަހު ނޫސް ހަވީރުގެ އެޒަމާނުގެ އަދަދުތަކުގައި އެޖަރީމާ ކޮންމެވެސް ވަރަކަށް ކަވަރު ކޮއްފައި ހުއްޓާ އަޅުގަނޑު ދުށީމެވެ. މިހާރުވެސް ނެޝަނަލް ލައިބުރަރީން އޭރުގެ (1975-1977) ހަވީރު ނޫސް ލިބެން ހުންނާނެއެވެ.

މިހާރު ދިޔަދޫ ފަޅުތެރެއިން އެފެންނަ ކުޑަކުޑަ ރަށަކީ ރަތަފަންދޫ މީހުން އަންދާލިތަނެވެ. އެތަނަކީ ކުރިން ދިޔަދޫގެ ބައެކެވެ. މިހާރު އެވަނީ ގިރިގެން ގޮސް ވަކިވެފައެވެ. ބުނެވޭ ގޮތުގައި ދިޔަދޫ އަކީ ކުރިން ވަރަށް ތިޔާގިރަށެކެވެ. އަތޮޅުގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ދިޔަދޫ މީހުންގެ އަތްމަތި ތަނަވަސް ބަޔެކެވެ. ނަމަވެސް އެޖަރީމާއަށް ފަހު އެރަށް އެއްވެސް ކުރިއެރުމެއް ނުލިބި ރަށް ވީރާނާވެގެން ދިޔައީއެވެ. މިހާރު އެއީ މީހުން ދިރިނުއުޅޭ ފަޅުރަށެކެވެ.ރަށައް އެއްވެސް ކުރިއެރުމެއް ނުލިބުން ރައްޔިތުނަނަށް މަޖުބޫރުވީ އަވަށްޓެރި ރަށްތަކަށް ހިޖުރަ ކުރާށެވެ. މިގޮތުން މިހާރު ދިޔަދޫ މީހުން ދިރިއުޅެނީ ގއ.ކޮނޑޭ އާއި ގއ. ގެމަނަފުށީގައެވެ. 

  ގއ. ވިގިނގިލީގައި ބަޑަށް ވަޅިހަރާލައިގެން ފަސްމީހުން ވިލިނގިއްޔަށް ގެނައި ވާ ހަކައެއް ކުޑައިރު އަޑު އެހީމެވެ. ހަބަރު ތަކުން އެގުނު ގޮތުގަ އެއީ ދިޔަދޫ ބޭރުގައި އަޅާފައި އޮތް ހޯކޯމާރު ބޯޓެއްގެ ފަޅުވެރީން ކަންއެގުނެވެ. އެމީހުންނަށްވެސް ވަޅިން ހަމަލީ ޒަހަމް ކޮއްލީ ދިޔަދޫ މީހުންނެވެ. ދިޔަދޫ އެންމެނަކީ ގޯސްބަޔެކޭ އަޅުގަނޑު ނުދަންނަވަމެވެ. އަދި ބަޔަކު ކުރާ ގޯސްކަމުގެ ތަކުލީފު އެބައެއްގެ ތެރޭގައި އުޅޭ އެހެން އިންސާނުންނަށް ނުޖައްސަވައެވެ. ނަމަވެސް އެބައެއްގެ ތެރޭގައި ވިޔާނުދާ އަމަލުތައް ގިނަވެއްޖެނަމަ އެތަނެއް ހަލާކު ކުރައްވައެވެ. މީހުން ދިރިއުޅޭ ރަށެއް ފަޅުވުމަކީ ވެސް މިކަހަލަ ކަމެއް ކަމަށްވުން އެކަށީގެން ވެއެވެ. ސަދޫމު ހަލާކު ވެގެން ދިޔައީ އެބައި މީހުންގެ ތެރޭގައި ވިޔާނުދާ ފާހިޝް އަމަލުތައް ގިނަވެގެންނެވެ. ދިޔަދޫ މީހުންނަކީ ވެސް ވަރަށް ލާއިންސާނީ ބަޔެއް ކަމަށް އިހުޒަމާނުގެ މުސްކުޅިން ބުނެއުޅެއެވެ.






*ނޯޓް؛ އަޅުގަޑު ގެ މާރޗް 2014 ގައި މި ރައްތަކަށް ޒިޔާރަތް ކުރުމަށް ލިބުނެވެ. އަދި ކުރެވުނު ތަޖުރިބާ އަކީ ދިޔަދޫ އަކީ ބޮޑު ރަށެއްކަމަކު މީހުން ދިރި އުޅިފަވަނީ އެންމެ 50 ހަކަށް ގޯތީގާ ކަމެވެ. އަދި ރަށުގައި އަނބު ގަސްތަކާއި، ބަބުކެޔޮ ގަސްތައް މީހުން އުޅޭ ސަރަހައްދުގައި ހުރި ކަމެވެ. މިރަށުން މީހުން ބޭލުމުގެ މަސައްކަތް ފަށާފަ ވަނީ 2010 ވަނަ އަހަރު އެވެ، އަދި މިރަށަކީ މިހާރު ފަޅުރަށެ ކެވެ.

Copyright © 2004 & 2012 Ibrahim Mohamed! Inc. All rights reserved.e-mail:ibrahimmohd@gmail.com

އަޅުގަޑަށް ފެނުނުތަން


ވަޔަށް ޖައްވަށް ފަޒާޔަށް ޖެހި އުންޑަތައް މާޒީވުމަށްފަހު ދިވެހި އުޑުދަށުން 3 އަހަރުގެ ވެރިކަމުގައި ފެންނަމުން ދިޔައީ އުފާވެރިކަމާ އުޖާލާކަމާއި، ފާގަތި މުސްތަޤުބަލެއް ދިވެހި އުއްމަތައް ވެރިވަމުން އަންނާނެ ކަމުގެ އަލިގަދަ ހެކިތަކެއް ކަމުގައެވެ. ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ ކަންތައްތަކެއް އެމް.ޑީ.ޕީ ގެ ސަރުކާރުން ކުރަމުންދާ މަންޒަރު ތައް ފެނުނެވެ. ހިކުމަތްތެރި ތޫނުފިލި ލީޑަރެއް ގައުމު ހިންގަވަމުންގެންދަވާ ކުޅަދާނަކަމެވެ. އެމް.ޑީ.ޕީ އަކީ ވިސްނުންތެރި ހިކުމަތްތެރި ސިޔާސީ ޕާޓީއެއްކަން މިއަދު ދިވެހި ރައްޔިތުން ގަބޫލުކޮށްފިއެވެ. މިކަމުގެ އަލިގަދަ ހެއްކަކީ ދިވެހިރައްޔިތުންގެ ތެރެއިން 95،224 (ނުވަދިހަ ފަސްހާސް ދުއިސައްތަ ސައުވީސް) މީހުން ރައީސް ނަޝީދު އަށް އާއެކޭ ބުނުމެވެ.

   30 އަހަރުގެ ވެރިކަން ދިވެހިން ބަދަލުކުރީ ދިވެހިންގެ ގިނަބަޔަކަށް މައުމޫނުގެ ވެރިކަމުގައި ލިބެމުންދިޔަ އެތައްހާސް އުދަގުލަކާއި ވޭނެއް ތަޙައްމަލު ނުކުރެވިގެން ކަމާމެދަކު ޝައްކެއްވެސް ނުކުރާނެއެވެ. މައުމޫނާއި މައުމޫނުގެ އާއިލާއިން ގަބޫލުކުރާގޮތުގައި ނުވަތަ ހީވެފައި އޮންނަނީ ވެރިކަމަކީ އަބަދުވެސް އެއާއިލާގެ ތެރޭގައި އޮންނަންޖެހޭ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ސިކުޑީގެ ހަމަ ބާރުލިބިފައިވާ ހަމަވިސްނޭ މީހުން ގަބޫލުކުރާގޮތުގައި ކޮންމެ ކަމެއްގައިވެސް ޙައްދެއް އޮވެއެވެ. އެގޮތުން ވެރިކަމުގައި ވެސް ވަކި ޙައްދެއް އޮވެއެވެ. އެކަން ގަބޫލުކުރާ މީހުން ގާނޫނުއަސާސީގައި ވެރިކަމުގެ ދައުރު 5 އަހަރުގެ
ދެދައުރުކަމުގައި ކަނޑައެޅިއެވެ.

އެމް.ޑީ.ޕީ އަކީ މިއަދު ދިވެހި ގައުމުގައި އޮތް އެންމެ ބިޔަ އެންމެ ބައިބޯ ޕާރޓިއެވެ. ދިވެހި ރާއްޖޭގެ ވެރިކަމުގަ ތިބެ ދިވެހި ރައްޔިތުންނަށް ގިނަގުނަ ތަރައްގީގެ މަޝްރޫޢުތަކެއް ޤައުމުގެ އެކި ކަންކޮޅުތަކުގައި ރުކުރުވާލި ކުޅަދާނަ ސިޔާސީ ޕާޓީއަކީ އެމް.ޑީ.ޕީ އެވެ. ދިގު 30 އަހަރައްފަހު ދިވެހި ރައްޔިތުންގެ އުންމީދުތަކާއެކު ވެރިކަމަށް އައި އެމް.ޑީ.ޕީ މިވަނީ ރައްޔިތުންގެނައި ބަދަލުގެ ފޮނި މީރުކަން ދިވެހި ރައްޔިތުންގެ އަރުތެރޭގައި ލައްވާދީފައެވެ. ދިވެހި ތާރީހުގައި މިގައުމުގެ ތަރައްޤީއަށް އެންމެ 3 އަހަރުތެރޭ މިހާ ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން ލީޑަރަކު މުޙައްމަދު ނަޝީދު ނޫނި ފެންނާކަށްނެތެވެ. އެކަން ނިމިގެއްދިޔަ އިންތިހާބުގެ ފުރަތަމަ ބުރުން ދިވެހި ރައްޔިތުން ގެ 95،224 މީހުން އާއެކޭ ބުނި ސަބަބުން ދިވެހިން ރައްޔިތުން މިއަދު ބޭނުންވާ ގޮތް މިދަނީ ފެންނާށެވެ.
    ރައީސް ނަޝީދު ގެ 3 އަހަރަށް ނަޒަރު ހިންގާލާއިރު ދިވެހި ރައްޔިތުން މިއަދު ޤަބޫލުކުރާ އެންމެ ބޮޑު ހަޤީޤަތަކީ ބިންހިއްކުމާ ބަނދަރު ހެދުމުގައި އެމްޑީޕީ ސަރުކާރު ވަރެއް ނެތްކަމެވެ. ކުޅުދުއްފުއްޓާ، ދިއްދޫއާއި، ހިންނަވަރާއި، ވެލިދޫ އާއި ތުޅައިދޫގެ ބިން ހިއްކާފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ގުޅިފަޅާއި ތިމަރަފުށީގެ ބިން ހިއްކާފައިވުމުން ރައްޔިތުންތިބީ ސަރުކާރާމެދު އުންމީދުއާވެ ހިނިތުންވެފައެވެ. 2008 ނޮވެމްބަރ މަހުންފެށިގެން ބަގާވަތް ކުރުމާއި ހަމައަށް މި ސަރުކާރުން 44 ރަށައްވުރެ ގިނަ ރައްތަކުގެ ބަނދަރު ހަދާ އެރައްތަކުގެ އަހުލުވެރިން ޒަމާނުއްސުރެ ލަފައި ފޭބުމަށް އުފަލަން ޖެހުނު ތަކުލީފުތަކަށްވަނީ ނިމުން ގެނުވާފައެވެ. މިއަދު އަޅުގަނޑުމެން މިތިބީ މި ފަސޭހަތަކާއެކު ގެނެވުނު ބަދަލާމެދު ފަޚުރުވެރިވެފައެވެ.

    ވެރިކަމުގެ ފުރަތަމަ 3 އަހަރު ބަގާވަތް ކުރުމާއި ހަމައަށް 16 ރަށައްވުރެ ގިނަ ރައްތަކުގެ ނަރުދަމާގެ ނިޒާމު ޤާއިމްކޮށް މުޅީން ނިމިފައިވާއި ވާއިރު އެތައް ރަށެއްގައި މަސައްކަތް ކުރެވެމުންނެވެ. ދިގު 30 އަހަރުން މި ގައުމުގަ އެންމެ 8 ނަރުދަމާ ގާއިމް ކޮށްދީފައިވުމާއި މި ސަރުކާރުގެ މިކުޑަ ދުވަސްކޮޅުތެރޭ ގާއިމްކޮށްދިން ނަރުދަމާއާ ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ނުބައްދަލެވެ. މިކަމުން އަޅުގަނޑުމެންނަށް ފެންނަ ބޮޑު މަންޒަރު ސާފުވެފަ އުޖާލާއެވެ. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ ރަށްތަކަށް މި ހިދުމަތްތަށް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ކުރިޔަށް މިއޮތް 5 އަހަރު ނިމޭއިރު މި ހިދުމަތްތަށް އަޅުގަނޑުމެނަށް ލިބޭނެކަމާމެދު އަޅުގަނޑުމެން އަދަކު ޝައްކެއް ނުކުރަމެވެ. އެކަން ކުރެވޭނީ ހަމަ އެކަނި އެމްޑީޕީ ގެ ސަރުކާރެއް ގާ ކަން ހިތުގެ އެންމެ ފުންމިނުން ގަބޫލް ކުރައްޖެހެ އެވެ.

    އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުވައިދިނުމަށް ރައީސް ނަޝީދު ކުރައްވަމުންގެންދެވި މަސައްކަތްތަކުން އެކަނިވެސް ރަށު ތަރައްގީ ރަށަށް ލިބި އެތައް ބަޔަކަށް ގެދޮރުގެ ދަތިކަން ފިލައިގެންދާނެކަމާމެދު ޝައްކެއް ނެތެވެ. ހދ.ކުޅުދުއްފުއްޓާއި ނ. މަނަދޫއާ ޅ. ނައިފަރުގައި  ރޯހައުސް  އޭރު ވަނީ އަޅަންފަށާފައެވެ.  އަދި ހުވަދުއަތޮޅު ކޮލަމާފުށްޓާ ތިނަދޫ އާއި މުޅި ރާއްޖެތެރޭގެ އެކި ކަންކޮޅުތަކުގައި ފްލެޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ދިޔައީ ކުރިއަށެވެ.    އަދި މާލޭގެ  ގާކޮށި ސަރަހައްދުގައާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ފްލެޓް އޮއްތަކުން ގަސްފަޅާ އަރާ އަރަފޯދޭތަން އެހުރީ ފެންނާންށެވެ. އަދި ޓީޗަރުންނަށް އަޅާދޭ ފްލެޓްގެ މަސައްކަތްވެސް އެހެރީ ފެންނާށެވެ. މީގެ އިތުރުން ހުޅުމާލޭގައި ހަދާ 1000 ހައުސިންގ ޔުނިޓްގެ މަސައްކަތް ބާރު ދުވެލީގައި ދިޔައީ ކުރިއަށެވެ.  ކޮރަލްވިލް މަޝްރޫއުގެ ދަށުން ބައެއް ފްލެޓްތަކަށް މީހުންވަދެ ނިމުނު އިރު ގިނަ ފްލެޓް ތަކެއް ހުރީ ނިމުމުގެ މަގުމަތީގައެވެ. ގެދޮރު ކުއްޔަށް ރައްޔަތުން ކުރަމުން ދާ ބޮޑު ހޭދަ ކުޑަވެގެން ދާން ދެން މާ ގިނަ ދުވަހެއް ނެތެވެ. ފްލެޓް ދޮންބެ މުޅި ރާއްޖެއަށް ޖެހިފައިވާ ގެދޮރުގެ ދަތިކަމުން އަޅުގަނޑުމެން ސަލާމަތްކޮށްދެނީއެވެ. އުފާވެރިކަމުގެ ކޮޅެއްވެސް ނެތެވެ. އަމިއްލަ އެދުމެއްނެތި ރައްޔިތުންނަށްޓަކާ މުޙައްމަދު ނަޝީދު ކުރައްވަމުން ތިޔަ ގެންދަވާ މަސައްކަތް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ.
 
   މީގެ އިތުރުން ދިވެހި ރައްޔިތުން ރަށުބަންދުން ފިލުވާލަދިނުމަށް ރާއްޖޭގެ އެކި އެކި ޕްރޮވިންސްތަކުގައި މިސަރުކާރުން ފެއްޓެވި ދަތުރުފަތުރު ކުރުމުގެ ނިޒާމު މިއަދު އެތައްހާސް ރައްޔިތުންނެއް ބޭނުންކުރަމުންދާ ކަމީ މިނިޒާމް ރައްޔިތުން ބަލައިގެންފިކަމުގެ ވަރުގަދަ ހެއްކެކެވެ. ކުރިޔަށް އޮތް މަދު އަހަރުތަކަކީ މިނިޒާމުގެ ހިދުމަތް މުޅިރާއްޖެއަށް ފުރިހަމައަށް ލިބި އަތްފޯރާ ފަށުގައި ދަތުރުފަތުރުގެ ހިދުމަތް މުޅިރާއްޖެއަށް ލިބިގެންދާނެ ދުވަސްތަކެކެވެ. ކުރިން އަޅުގަނޑުމެން 1500 ރުފިޔާ ހޭދަކޮށް އަތްމަތި ހުސްކޮށްލާފައި ޑޮކްޓަރަށް ދައްކަން ދިޔަ ހިތި ދުވަސްތަކަށް ރައީސް ނަޝީދު މިވަނީ ނިމުން ގެނުވާފައެވެ. މިއަދު 20 ރުފިޔާއަށް، ކުރިން ކުރި ދަތުރުތަކުގެ ހަރަދު މިވަނީ ކުޑަކުރެވިފައެވެ. އެއީ މިސަރުކާރުގެ އޯގާތެރިކަމުން ރައްޔިތުންނަށް ލިބިގެންދިޔަ ހިދުމަތެކެވެ. މިއަދު ފަސޭހަކަމާއެކު އެއްރަށުން އަނެއްރަށަށް ހަރަދުކުޑަކޮށް ދަތުރުކުރެވޭއިރު ކުރިޔަށް އޮތް ދުވަސްތަކުގައި މި ހިދުމަތް ދާއިމީވެ ފުރިހަމަވެގެން ދިއުމަކީ އަޅުގަނޑުމެން ކުރާއުންމީދެވެ. އުންމީދުތައް ހަގީގަތަކަށްވާނެ ކަމާމެދު ދެބަސްވެވޭނެ ޖާގައެއް މިއަދަކުނެތެވެ.

  ބޭސްފަރުވާއަށް ސަލާމް ޖެހުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުންފެށި މަޝްރޫއުގެ ދަށުން މިވަނީ ރާއްޖޭގެ ކޮންމެ 5 ރައްޔިތަކުން 1 ރައްޔިތަކު ހެލްތް އިންސުއަރެންސް ކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ ބޭސް ސިޓީއަށް ސަލާމް ޖެހުމުގެ ސަގާފަތް ނިމުމަކަށް ގެނުއުންކަމަކަށްވާއިރު މި މަގުސަދު ކުރިޔަށްއޮތް އަހަރުތެރޭ އެކީ އެކަށްޗަށް ހާޞިލްވެ ފުރިހަމަވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ 1 ޖެނުއަރީ 2011 ގައި ހުރިހާ ދިވެހި ރައްޔަތުން މަދަނައިގާ ޖެއްސުމެވެ. އެކަން ފުރިހަމަޔަށް ކުރެއްވިއެވެ. މީގެ އިތުރުން 65 އަހަރުންމަތީގެ މީހުންނަށް ކޮންމެ މަހަކު 2000 ރުފިޔާއާއި ހިލޭ ބޭސްފަރުވާކުރެވޭނޭ ގޮތާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއްވެސް ހަރަދަކާނުލާ ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ވަނީ ރައީސް ނަޝީދުގެ ސަރުކާރުން ހަމަ ޖައްސައިދީފައެވެ. އަދި އެކަނިވެރި މައިންނަށް ފައިސާގެ އެހީ ސަރުކާރުން ވެދެމުންގެންދާއިރު، ކަރަންޓްބިލް ދެއްކޭނެ ގޮތެއްނެތް ފަރާތްތަކަށްވެސް ސަރުކާރުންގެންދަނީ މާލީ އިނާޔަތްތަށް ދެއްވަމުންނެވެ. މިނޫނަސް އެތައް އެތައް ލާބަހުރި ކަންތައްތަކެއް ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންނަށްޓަކަ ދިޔައީ ކޮއްދެއްވަމުންވެ. މިއިން ދުވަހަކުވެސް ރާއްޖެ ދެކެފައިނުވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް އޭރު ހުރީ ފެށިފައެވެ.
 
   އިދިކޮޅު ފަރާތްތަށް އާޝޯހުވެ ތަލިން ކުޅުހިކޭ ވަރުގެ ކޮންވެންޝަން ސެންޓަރެއް އެންމެ 8 މަސް ދުވަހުން އައްޑޫ ސިޓިގައި ޤާއިމްކޮށްދިނެވެ. މިއީ މުޅި ސައުތު އޭޝިއާ ގަވެސް ނެތް ފެންވަރުގެ ރީތި ހިތްގައިމު ކޮންވެންޝަން ސެންޓަރެކެވެ. ވެރިރަށް މާލޭ ގައި ނޫނީ ނުކުރެވޭނޭކަމަށް ހީކޮށްގެން ތިބި ކިތަންމެ ކިތަންމެކަމެއް އަޅުގަނޑުމެން ފަދަ ރައްފުށުގެ ރައްތަކުގައި އެދަނީ ކުރެވެމުންނެވެ. އައްޑޫގެ ބޮޑެތި މަގުތަކުގައި ތާރުއަޅާ ނަރުދަމާ ނިޒާމު ގާއިމް ކޮށްދިފައިވާ އިރު، ކުޅުދުއްފުއްޓާ ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތްވެސް ވަނީ ފައްޓަވައި ދެއްވާފައެވެ.
   ހުވަފެނުން ނޫނީ ނުފެންނާނެކަމަށް ފުވައްމުލަކު ރައްޔަތުން ހީކުރަމުން އައި އެއާޕޯޓް ނިންމާލީ ފެންތައްޓެއް ބޯލާހާ ފަސޭހަކަމާއެކުގައެވެ. ފުވައްމުލަކު އެއާޕޯޓް ހުޅުވުނު އިރު ތިމަފުށީގައި އެއާޕޯޓެއް އެޅުމަށް ވަނީ ބިންހިއްކިފައެވެ. އަދި  ދަރަވަންދޫގައި ވަނީ އެއާޕޯޓް އަޅާ ނިންމާ ފައެވެ. މި ދެ އެއާޕޯޓްގެ މަސައްކަތްވެސް ނިމި ރައްޔަތުންނަށް ލުއި ފަސޭހަތަކެއް ލިބެމުންދާ ކަމީ މިއަދު ދިވެހިން ޝައްކުކުރާ ކަންކަމެއް ނޫނެވެ.  ދިގު 30 އަހަރުން މިގައުމުގައި އެޅުނީ އެންމެ 3 އެއާޕޯޓެވެ.

   ކާބޯތަކެތީގެ އަގު އަތްފޯރާ ފަށަށް ގެނައުމަށްޓަކައި  ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުންތަކެއް މަޖިލިސް ހުއްޓުވަމުން ގެންދަނިކޮށް ސިފައިންލައްވާ އެމީހުން ބޭރުކޮށް ސަރުކާރުންވަނީ ކާބޯތަކެތީގެ ވަރަށް ގިނަ ބާވަތްތަކުން ޑިއުޓީ ކަނޑާލަ ދިނުމަށްޓަކައި ބިލެއް މަޖިލީހަށް ހުށައެޅިއެވެ. މަޖިލިސް ނުހުއްޓުވާ ކުރިއަށް ގެއްދިޔަނަމަ އަދި ބަޣާވަތް ކޮށް ސަރުކާރު ވައްޓައިނުލިނަމަ ކާބޯތަކެތީގެ އަގު އަތްފޯރާ ފަށަށް ތިރިވެގެން ދާނެއެވެ. މީގެ އިތުރުން މިހާރުވެސް އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ބަނދަރަށް ބާލާ މުދަލުގެ ޑިއުޓީއިން 30 ޕަސަންޓް ރައީސް ނަޝީދު ގެ ސަރުކާރުން މާފު ކޮށްދީފައިވާތީ އެސަރަހައްދުތަކުގައި ގިނަ ބާވަތްތަކުގެ މުދަލުގެ އަގު ހެޔޮކަން ގިނަބަޔަކު ފާހަގަކުރެއެވެ.

   މި ހުރިހާކަމެއް ސަރުކާރުން ކޮއްދެއްވަމުންގެންދަވަނި ކޮށް، ބަޣާވަތެއް ކޮށް ސަރުކާރު ވައްޓާލީ ރައީސް ނަޝީދު ގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދިޔަ، ހަލުވި ސްޕީޑް ގެ ލާބަޔާ މައްފާ އަށް ކެއްނުކުރެވިގެއް އަދި ދުވަހަކުވެސް މައުމޫން އަދި އެ ބޭފުޅާ ގެ ޢާއިލާ އަށް ވެރި ކަން ނުލިބޭނެ ކަމުގެ ދިވެހި ޖައްވުން ފެންނަމުން ދާތީ އެވެ. ހަނދާންކުރަންވީކަމެއް އެބައޮތެވެ. އެއީ ކަނުންނަކަށް ނުފެންނާނޭކަމެވެ. ބީރުންނަކަށް އަޑު ނީވޭނޭކަމެވެ. އަދު ގައުމުން ފެނަނަމުން ދިޔައީ ހަގީގަތެވެ. ސަރުކާރުން ހިންގެވި ތަރައްޤީޤެ މަޝްރޫޢުތަށް އިތުރުވެ ރައްޔިތުންގެ ތާޢީދު ސަރުކާރަށް އިތުރުވާވަރަކަށް އިދިކޮޅު ފަރާތްތަކުން މެދުކެނޑުމެއްނެތި ގެންދިޔައީ ސަރުކާރަށް މަލާމާތްކޮށް ފުރައްސާރަކުރަމުންނެވެ. ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއްކޮށްނުދޭކަމަށްބުނެ ފާޑުކިޔަމުންނެވެ. ނަމަވެސް ގައުމުގައި ތިބީ ހުސް ކަނުންކަމަށް މި ބައިމީހުން ހީކުރިޔަސް އެހެނެއް އެކަންވާކަށްނެތެވެ. ގައުމުގެ 4 ބިތުން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިޔަށްދާތަން ދިވެހިރައްޔަތުންނަށް ފެނިއްޖެއެވެ. ޤަބޫލުކުރަންޖެހޭނޭ އެންމެ ބޮޑު ހަގީގަތަކީ ތަރައްޤީގެ ސްޕީޑްގައި މައުމޫނުގެ ސަރުކާރު ދުވަންޖެހޭނީ އެމް.ޑީ.ޕީ ސަރުކާރުގެ ފަހަތުންކަމެވެ. ފެންނަމުން ދިޔައީ މި ބޮޑު މަންޒަރެވެ.

Copyright © 2004 & 2012 Ibrahim Mohamed! Inc. All rights reserved.e-mail:ibrahimmohd@gmail.com

އޭ އިސްލާމް ދީނާއި ޤައުމު ދެކެ ހަޤީގީ ލޯބިވާ ދަރީންނޭވެ




    އޭ އިސްލާމް ދީނާއި ޤައުމު ދެކެ ހަޤީގީ ލޯބިވާ ދަރީންނޭވެ. މިއަދު މި ދިވެހި ރާއްޖޭގެ ހާލަތާއި މެދު ޤާފިލްވެ ސިޔާސީ އޮއެވަރާއި ކުލަތަކުގެ ދަޅައިގައި ޖެހި އަމިއްލަ ސިކުނޑީގެ ތަރާދުން ކަންތައްތައް ވަޒަން ނުކޮށް ތިބެން ހެޔޮވެދާނެތޯއެވެ.
 
    ވިސްނާ ފިކުރުކޮށް ބަލާށެވެ. މިއަދު ރާއްޖޭގެ ވެރިކަމުގައި މިތިބަ ބަޔަކީ ތިޔަބޭފުޅުންގެ ރުހުމާއި ތާއިދުގެ ވޯޓުން ތިޔަބޭފުޅުންގެ ހައްޤުތަކާއި، ތިޔަބޭފުޅުންގެ ދަރިންނާއި އެ ދަރިންގެ ދަރިންނަށްޓަކައި ކުރިއަށް އޮތް 5 އަހަރަށް ވިސްނުންތެރި ކަމާއި އެކު ނިންމެވި ނިންމެވުމުގެ މައްޗަށް އަތް ގަދަކޮށް، ގަދަ ބާރުން ބަގާވަތްކޮށް، ވެރިކަން ފޭރިގަނެ ރައްޔިތު ގިނަ ބައެއްގެ ނުރުހުމާއި ނަފްރަތުގައި ވެރިކަމުގައި ދެމިތިބުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަމުން ގެންދާ، އަމިއްލަ އެދުމުން ފޯވެފައިވާ ދަހިވެތި، އަނިޔާވެރި ގައްދާރިންތަކެއްކަން ހެޔޮ ވިސްނުމުން ވިސްނާލުމުން އެނގިގެންދާނެއެވެ.

Avoid High Salt Diet~


Salt (sodium) is one of the minerals that the body needs on a daily basis. Together with potassium, it helps to regulate the body's water levels.

Too much salt consumption is linked to high blood pressure, declined heart health, increased risk of stomach cancer, osteoporosis and worsening of asthma symptoms.

DAILY LIMIT: On an average we eat nine grams of salt per day while a healthy adult's daily limit is about 2.3g of sodium. People with heart problems or kidney disease are to keep their sodium intake under 1,000 mg a day, or as per doctor's advice.

How to Reduce Salt in the Diet

Skip table salt
Choose fresh, plain frozen, or canned "with no salt added" 


Skip table salt
Choose fresh, plain frozen, or canned "with no salt added" vegetables.
Skip ready made/packed food.
Rinse canned foods before use to wash off extra salt.
Limit salty foods such as crisps, salted nuts, bacon, cheese, pickles, soy sauce and pizzas.


Copyright © 2004 & 2012 Ibrahim Mohamed! Inc. All rights reserved.e-mail:ibrahimmohd@gmail.com