ވަޔަށް ޖައްވަށް ފަޒާޔަށް ޖެހި އުންޑަތައް
މާޒީވުމަށްފަހު ދިވެހި އުޑުދަށުން 3 އަހަރުގެ ވެރިކަމުގައި ފެންނަމުން ދިޔައީ
އުފާވެރިކަމާ އުޖާލާކަމާއި، ފާގަތި މުސްތަޤުބަލެއް ދިވެހި އުއްމަތައް ވެރިވަމުން
އަންނާނެ ކަމުގެ އަލިގަދަ ހެކިތަކެއް ކަމުގައެވެ. ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ
ކަންތައްތަކެއް އެމް.ޑީ.ޕީ ގެ ސަރުކާރުން ކުރަމުންދާ މަންޒަރު ތައް ފެނުނެވެ.
ހިކުމަތްތެރި ތޫނުފިލި ލީޑަރެއް ގައުމު ހިންގަވަމުންގެންދަވާ ކުޅަދާނަކަމެވެ.
އެމް.ޑީ.ޕީ އަކީ ވިސްނުންތެރި ހިކުމަތްތެރި ސިޔާސީ ޕާޓީއެއްކަން މިއަދު ދިވެހި
ރައްޔިތުން ގަބޫލުކޮށްފިއެވެ. މިކަމުގެ އަލިގަދަ ހެއްކަކީ ދިވެހިރައްޔިތުންގެ
ތެރެއިން 95،224 (ނުވަދިހަ
ފަސްހާސް ދުއިސައްތަ ސައުވީސް) މީހުން ރައީސް ނަޝީދު އަށް އާއެކޭ ބުނުމެވެ.
30 އަހަރުގެ ވެރިކަން ދިވެހިން ބަދަލުކުރީ
ދިވެހިންގެ ގިނަބަޔަކަށް މައުމޫނުގެ ވެރިކަމުގައި ލިބެމުންދިޔަ އެތައްހާސް
އުދަގުލަކާއި ވޭނެއް ތަޙައްމަލު ނުކުރެވިގެން ކަމާމެދަކު ޝައްކެއްވެސް
ނުކުރާނެއެވެ. މައުމޫނާއި މައުމޫނުގެ އާއިލާއިން ގަބޫލުކުރާގޮތުގައި ނުވަތަ
ހީވެފައި އޮންނަނީ ވެރިކަމަކީ އަބަދުވެސް އެއާއިލާގެ ތެރޭގައި އޮންނަންޖެހޭ
އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ސިކުޑީގެ ހަމަ ބާރުލިބިފައިވާ ހަމަވިސްނޭ މީހުން
ގަބޫލުކުރާގޮތުގައި ކޮންމެ ކަމެއްގައިވެސް ޙައްދެއް އޮވެއެވެ. އެގޮތުން
ވެރިކަމުގައި ވެސް ވަކި ޙައްދެއް އޮވެއެވެ. އެކަން ގަބޫލުކުރާ މީހުން
ގާނޫނުއަސާސީގައި ވެރިކަމުގެ ދައުރު 5 އަހަރުގެ
ދެދައުރުކަމުގައި ކަނޑައެޅިއެވެ.
އެމް.ޑީ.ޕީ އަކީ މިއަދު ދިވެހި ގައުމުގައި
އޮތް އެންމެ ބިޔަ އެންމެ ބައިބޯ ޕާރޓިއެވެ. ދިވެހި ރާއްޖޭގެ ވެރިކަމުގަ ތިބެ
ދިވެހި ރައްޔިތުންނަށް ގިނަގުނަ ތަރައްގީގެ މަޝްރޫޢުތަކެއް ޤައުމުގެ އެކި
ކަންކޮޅުތަކުގައި ރުކުރުވާލި ކުޅަދާނަ ސިޔާސީ ޕާޓީއަކީ އެމް.ޑީ.ޕީ އެވެ. ދިގު 30
އަހަރައްފަހު ދިވެހި ރައްޔިތުންގެ އުންމީދުތަކާއެކު ވެރިކަމަށް އައި އެމް.ޑީ.ޕީ
މިވަނީ ރައްޔިތުންގެނައި ބަދަލުގެ ފޮނި މީރުކަން ދިވެހި ރައްޔިތުންގެ އަރުތެރޭގައި
ލައްވާދީފައެވެ. ދިވެހި ތާރީހުގައި މިގައުމުގެ ތަރައްޤީއަށް އެންމެ 3 އަހަރުތެރޭ
މިހާ ގިނަގުނަ ހިދުމަތްތަކެއް ކޮށްދިން ލީޑަރަކު މުޙައްމަދު ނަޝީދު ނޫނި
ފެންނާކަށްނެތެވެ. އެކަން ނިމިގެއްދިޔަ އިންތިހާބުގެ ފުރަތަމަ ބުރުން ދިވެހި
ރައްޔިތުން ގެ 95،224 މީހުން
އާއެކޭ ބުނި ސަބަބުން ދިވެހިން ރައްޔިތުން މިއަދު ބޭނުންވާ ގޮތް މިދަނީ
ފެންނާށެވެ.
ރައީސް ނަޝީދު ގެ 3 އަހަރަށް ނަޒަރު
ހިންގާލާއިރު ދިވެހި ރައްޔިތުން މިއަދު ޤަބޫލުކުރާ އެންމެ ބޮޑު ހަޤީޤަތަކީ
ބިންހިއްކުމާ ބަނދަރު ހެދުމުގައި އެމްޑީޕީ ސަރުކާރު ވަރެއް ނެތްކަމެވެ.
ކުޅުދުއްފުއްޓާ، ދިއްދޫއާއި، ހިންނަވަރާއި، ވެލިދޫ އާއި ތުޅައިދޫގެ ބިން
ހިއްކާފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ގުޅިފަޅާއި ތިމަރަފުށީގެ ބިން
ހިއްކާފައިވުމުން ރައްޔިތުންތިބީ ސަރުކާރާމެދު އުންމީދުއާވެ ހިނިތުންވެފައެވެ.
2008 ނޮވެމްބަރ މަހުންފެށިގެން ބަގާވަތް ކުރުމާއި ހަމައަށް މި ސަރުކާރުން 44
ރަށައްވުރެ ގިނަ ރައްތަކުގެ ބަނދަރު ހަދާ އެރައްތަކުގެ އަހުލުވެރިން ޒަމާނުއްސުރެ
ލަފައި ފޭބުމަށް އުފަލަން ޖެހުނު ތަކުލީފުތަކަށްވަނީ ނިމުން ގެނުވާފައެވެ. މިއަދު
އަޅުގަނޑުމެން މިތިބީ މި ފަސޭހަތަކާއެކު ގެނެވުނު ބަދަލާމެދު ފަޚުރުވެރިވެފައެވެ.
ވެރިކަމުގެ ފުރަތަމަ 3 އަހަރު ބަގާވަތް ކުރުމާއި
ހަމައަށް 16 ރަށައްވުރެ ގިނަ ރައްތަކުގެ ނަރުދަމާގެ ނިޒާމު ޤާއިމްކޮށް މުޅީން
ނިމިފައިވާއި ވާއިރު އެތައް ރަށެއްގައި މަސައްކަތް ކުރެވެމުންނެވެ. ދިގު 30
އަހަރުން މި ގައުމުގަ އެންމެ 8 ނަރުދަމާ ގާއިމް ކޮށްދީފައިވުމާއި މި ސަރުކާރުގެ
މިކުޑަ ދުވަސްކޮޅުތެރޭ ގާއިމްކޮށްދިން ނަރުދަމާއާ ސާފު ބޯފެން ފޯރުކޮށްދިނުމުގެ
މަޝްރޫއުތައް ނުބައްދަލެވެ. މިކަމުން އަޅުގަނޑުމެންނަށް ފެންނަ ބޮޑު މަންޒަރު
ސާފުވެފަ އުޖާލާއެވެ. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ ރަށްތަކަށް މި
ހިދުމަތްތަށް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ކުރިޔަށް މިއޮތް 5 އަހަރު
ނިމޭއިރު މި ހިދުމަތްތަށް އަޅުގަނޑުމެނަށް ލިބޭނެކަމާމެދު އަޅުގަނޑުމެން އަދަކު
ޝައްކެއް ނުކުރަމެވެ. އެކަން ކުރެވޭނީ ހަމަ އެކަނި އެމްޑީޕީ ގެ ސަރުކާރެއް ގާ ކަން
ހިތުގެ އެންމެ ފުންމިނުން ގަބޫލް ކުރައްޖެހެ އެވެ.
އަތްފޯރާފަށުގައި ބޯހިޔާވަހިކަން
ފޯރުވައިދިނުމަށް ރައީސް ނަޝީދު ކުރައްވަމުންގެންދެވި މަސައްކަތްތަކުން އެކަނިވެސް
ރަށު ތަރައްގީ ރަށަށް ލިބި އެތައް ބަޔަކަށް ގެދޮރުގެ ދަތިކަން
ފިލައިގެންދާނެކަމާމެދު ޝައްކެއް ނެތެވެ. ހދ.ކުޅުދުއްފުއްޓާއި ނ. މަނަދޫއާ ޅ.
ނައިފަރުގައި ރޯހައުސް އޭރު ވަނީ އަޅަންފަށާފައެވެ. އަދި ހުވަދުއަތޮޅު ކޮލަމާފުށްޓާ ތިނަދޫ އާއި
މުޅި ރާއްޖެތެރޭގެ އެކި ކަންކޮޅުތަކުގައި ފްލެޓް އިމާރާތްކުރުމުގެ އަމަލީ
މަސައްކަތް ދިޔައީ ކުރިއަށެވެ. އަދި
މާލޭގެ ގާކޮށި ސަރަހައްދުގައާއި
އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ފްލެޓް އޮއްތަކުން ގަސްފަޅާ އަރާ
އަރަފޯދޭތަން އެހުރީ ފެންނާންށެވެ. އަދި ޓީޗަރުންނަށް އަޅާދޭ ފްލެޓްގެ
މަސައްކަތްވެސް އެހެރީ ފެންނާށެވެ. މީގެ އިތުރުން ހުޅުމާލޭގައި ހަދާ 1000
ހައުސިންގ ޔުނިޓްގެ މަސައްކަތް ބާރު ދުވެލީގައި ދިޔައީ ކުރިއަށެވެ. ކޮރަލްވިލް މަޝްރޫއުގެ ދަށުން ބައެއް
ފްލެޓްތަކަށް މީހުންވަދެ ނިމުނު އިރު ގިނަ ފްލެޓް ތަކެއް ހުރީ ނިމުމުގެ
މަގުމަތީގައެވެ. ގެދޮރު ކުއްޔަށް ރައްޔަތުން ކުރަމުން ދާ ބޮޑު ހޭދަ ކުޑަވެގެން
ދާން ދެން މާ ގިނަ ދުވަހެއް ނެތެވެ. ފްލެޓް ދޮންބެ މުޅި ރާއްޖެއަށް ޖެހިފައިވާ
ގެދޮރުގެ ދަތިކަމުން އަޅުގަނޑުމެން ސަލާމަތްކޮށްދެނީއެވެ. އުފާވެރިކަމުގެ
ކޮޅެއްވެސް ނެތެވެ. އަމިއްލަ އެދުމެއްނެތި ރައްޔިތުންނަށްޓަކާ މުޙައްމަދު ނަޝީދު
ކުރައްވަމުން ތިޔަ ގެންދަވާ މަސައްކަތް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު
ބަލައިގަންނަމެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުން ރަށުބަންދުން
ފިލުވާލަދިނުމަށް ރާއްޖޭގެ އެކި އެކި ޕްރޮވިންސްތަކުގައި މިސަރުކާރުން ފެއްޓެވި
ދަތުރުފަތުރު ކުރުމުގެ ނިޒާމު މިއަދު އެތައްހާސް ރައްޔިތުންނެއް ބޭނުންކުރަމުންދާ
ކަމީ މިނިޒާމް ރައްޔިތުން ބަލައިގެންފިކަމުގެ ވަރުގަދަ ހެއްކެކެވެ. ކުރިޔަށް އޮތް
މަދު އަހަރުތަކަކީ މިނިޒާމުގެ ހިދުމަތް މުޅިރާއްޖެއަށް ފުރިހަމައަށް ލިބި އަތްފޯރާ
ފަށުގައި ދަތުރުފަތުރުގެ ހިދުމަތް މުޅިރާއްޖެއަށް ލިބިގެންދާނެ ދުވަސްތަކެކެވެ.
ކުރިން އަޅުގަނޑުމެން 1500 ރުފިޔާ ހޭދަކޮށް އަތްމަތި ހުސްކޮށްލާފައި ޑޮކްޓަރަށް
ދައްކަން ދިޔަ ހިތި ދުވަސްތަކަށް ރައީސް ނަޝީދު މިވަނީ ނިމުން ގެނުވާފައެވެ.
މިއަދު 20 ރުފިޔާއަށް، ކުރިން ކުރި ދަތުރުތަކުގެ ހަރަދު މިވަނީ ކުޑަކުރެވިފައެވެ.
އެއީ މިސަރުކާރުގެ އޯގާތެރިކަމުން ރައްޔިތުންނަށް ލިބިގެންދިޔަ ހިދުމަތެކެވެ.
މިއަދު ފަސޭހަކަމާއެކު އެއްރަށުން އަނެއްރަށަށް ހަރަދުކުޑަކޮށް ދަތުރުކުރެވޭއިރު
ކުރިޔަށް އޮތް ދުވަސްތަކުގައި މި ހިދުމަތް ދާއިމީވެ ފުރިހަމަވެގެން ދިއުމަކީ
އަޅުގަނޑުމެން ކުރާއުންމީދެވެ. އުންމީދުތައް ހަގީގަތަކަށްވާނެ ކަމާމެދު
ދެބަސްވެވޭނެ ޖާގައެއް މިއަދަކުނެތެވެ.
ބޭސްފަރުވާއަށް ސަލާމް ޖެހުން ނިމުމަކަށް
ގެނައުމަށް މި ސަރުކާރުންފެށި މަޝްރޫއުގެ ދަށުން މިވަނީ ރާއްޖޭގެ ކޮންމެ 5
ރައްޔިތަކުން 1 ރައްޔިތަކު ހެލްތް އިންސުއަރެންސް ކުރެވިފައެވެ. ސަރުކާރުގެ
އަމާޒަކީ ބޭސް ސިޓީއަށް ސަލާމް ޖެހުމުގެ ސަގާފަތް ނިމުމަކަށް
ގެނުއުންކަމަކަށްވާއިރު މި މަގުސަދު ކުރިޔަށްއޮތް އަހަރުތެރޭ އެކީ އެކަށްޗަށް
ހާޞިލްވެ ފުރިހަމަވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ 1 ޖެނުއަރީ 2011 ގައި
ހުރިހާ ދިވެހި ރައްޔަތުން މަދަނައިގާ ޖެއްސުމެވެ. އެކަން ފުރިހަމަޔަށް
ކުރެއްވިއެވެ. މީގެ އިތުރުން 65 އަހަރުންމަތީގެ މީހުންނަށް ކޮންމެ މަހަކު 2000
ރުފިޔާއާއި ހިލޭ ބޭސްފަރުވާކުރެވޭނޭ ގޮތާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް
އެއްވެސް ހަރަދަކާނުލާ ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ވަނީ ރައީސް ނަޝީދުގެ
ސަރުކާރުން ހަމަ ޖައްސައިދީފައެވެ. އަދި އެކަނިވެރި މައިންނަށް ފައިސާގެ އެހީ
ސަރުކާރުން ވެދެމުންގެންދާއިރު، ކަރަންޓްބިލް ދެއްކޭނެ ގޮތެއްނެތް
ފަރާތްތަކަށްވެސް ސަރުކާރުންގެންދަނީ މާލީ އިނާޔަތްތަށް ދެއްވަމުންނެވެ. މިނޫނަސް
އެތައް އެތައް ލާބަހުރި ކަންތައްތަކެއް ރައީސް ނަޝީދުގެ ސަރުކާރުން
ރައްޔިތުންނަށްޓަކަ ދިޔައީ ކޮއްދެއްވަމުންވެ. މިއިން ދުވަހަކުވެސް ރާއްޖެ
ދެކެފައިނުވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް އޭރު ހުރީ ފެށިފައެވެ.
އިދިކޮޅު ފަރާތްތަށް އާޝޯހުވެ ތަލިން ކުޅުހިކޭ
ވަރުގެ ކޮންވެންޝަން ސެންޓަރެއް އެންމެ 8 މަސް ދުވަހުން އައްޑޫ ސިޓިގައި
ޤާއިމްކޮށްދިނެވެ. މިއީ މުޅި ސައުތު އޭޝިއާ ގަވެސް ނެތް ފެންވަރުގެ ރީތި
ހިތްގައިމު ކޮންވެންޝަން ސެންޓަރެކެވެ. ވެރިރަށް މާލޭ ގައި ނޫނީ ނުކުރެވޭނޭކަމަށް
ހީކޮށްގެން ތިބި ކިތަންމެ ކިތަންމެކަމެއް އަޅުގަނޑުމެން ފަދަ ރައްފުށުގެ
ރައްތަކުގައި އެދަނީ ކުރެވެމުންނެވެ. އައްޑޫގެ ބޮޑެތި މަގުތަކުގައި ތާރުއަޅާ
ނަރުދަމާ ނިޒާމު ގާއިމް ކޮށްދިފައިވާ އިރު، ކުޅުދުއްފުއްޓާ ފުވައްމުލަކުގެ މަގު
ހެދުމުގެ މަސައްކަތްވެސް ވަނީ ފައްޓަވައި ދެއްވާފައެވެ.
ހުވަފެނުން
ނޫނީ ނުފެންނާނެކަމަށް ފުވައްމުލަކު ރައްޔަތުން ހީކުރަމުން އައި އެއާޕޯޓް ނިންމާލީ
ފެންތައްޓެއް ބޯލާހާ ފަސޭހަކަމާއެކުގައެވެ. ފުވައްމުލަކު އެއާޕޯޓް ހުޅުވުނު އިރު
ތިމަފުށީގައި އެއާޕޯޓެއް އެޅުމަށް ވަނީ ބިންހިއްކިފައެވެ. އަދި ދަރަވަންދޫގައި ވަނީ އެއާޕޯޓް އަޅާ ނިންމާ
ފައެވެ. މި ދެ އެއާޕޯޓްގެ މަސައްކަތްވެސް ނިމި ރައްޔަތުންނަށް ލުއި ފަސޭހަތަކެއް
ލިބެމުންދާ ކަމީ މިއަދު ދިވެހިން ޝައްކުކުރާ ކަންކަމެއް ނޫނެވެ. ދިގު 30 އަހަރުން މިގައުމުގައި އެޅުނީ އެންމެ 3
އެއާޕޯޓެވެ.
ކާބޯތަކެތީގެ އަގު އަތްފޯރާ ފަށަށް ގެނައުމަށްޓަކައި ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުންތަކެއް
މަޖިލިސް ހުއްޓުވަމުން ގެންދަނިކޮށް ސިފައިންލައްވާ އެމީހުން ބޭރުކޮށް
ސަރުކާރުންވަނީ ކާބޯތަކެތީގެ ވަރަށް ގިނަ ބާވަތްތަކުން ޑިއުޓީ ކަނޑާލަ
ދިނުމަށްޓަކައި ބިލެއް މަޖިލީހަށް ހުށައެޅިއެވެ. މަޖިލިސް ނުހުއްޓުވާ ކުރިއަށް ގެއްދިޔަނަމަ
އަދި ބަޣާވަތް ކޮށް ސަރުކާރު ވައްޓައިނުލިނަމަ ކާބޯތަކެތީގެ އަގު އަތްފޯރާ ފަށަށް
ތިރިވެގެން ދާނެއެވެ. މީގެ އިތުރުން މިހާރުވެސް އައްޑޫ ސިޓީ އާއި ކުޅުދުއްފުށި
ބަނދަރަށް ބާލާ މުދަލުގެ ޑިއުޓީއިން 30 ޕަސަންޓް ރައީސް ނަޝީދު ގެ ސަރުކާރުން މާފު
ކޮށްދީފައިވާތީ އެސަރަހައްދުތަކުގައި ގިނަ ބާވަތްތަކުގެ މުދަލުގެ އަގު ހެޔޮކަން
ގިނަބަޔަކު ފާހަގަކުރެއެވެ.
މި
ހުރިހާކަމެއް ސަރުކާރުން ކޮއްދެއްވަމުންގެންދަވަނި ކޮށް، ބަޣާވަތެއް ކޮށް ސަރުކާރު
ވައްޓާލީ ރައީސް ނަޝީދު ގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދިޔަ،
ހަލުވި ސްޕީޑް ގެ ލާބަޔާ މައްފާ އަށް ކެއްނުކުރެވިގެއް އަދި ދުވަހަކުވެސް މައުމޫން
އަދި އެ ބޭފުޅާ ގެ ޢާއިލާ އަށް ވެރި ކަން ނުލިބޭނެ ކަމުގެ ދިވެހި ޖައްވުން
ފެންނަމުން ދާތީ އެވެ. ހަނދާންކުރަންވީކަމެއް އެބައޮތެވެ. އެއީ ކަނުންނަކަށް
ނުފެންނާނޭކަމެވެ. ބީރުންނަކަށް އަޑު ނީވޭނޭކަމެވެ. އަދު ގައުމުން ފެނަނަމުން ދިޔައީ
ހަގީގަތެވެ. ސަރުކާރުން ހިންގެވި ތަރައްޤީޤެ މަޝްރޫޢުތަށް އިތުރުވެ ރައްޔިތުންގެ
ތާޢީދު ސަރުކާރަށް އިތުރުވާވަރަކަށް އިދިކޮޅު ފަރާތްތަކުން މެދުކެނޑުމެއްނެތި ގެންދިޔައީ
ސަރުކާރަށް މަލާމާތްކޮށް ފުރައްސާރަކުރަމުންނެވެ. ރައީސް ނަޝީދުގެ ސަރުކާރުން
ރައްޔިތުންނަށް އެއްވެސް ކަމެއްކޮށްނުދޭކަމަށްބުނެ ފާޑުކިޔަމުންނެވެ. ނަމަވެސް
ގައުމުގައި ތިބީ ހުސް ކަނުންކަމަށް މި ބައިމީހުން ހީކުރިޔަސް އެހެނެއް
އެކަންވާކަށްނެތެވެ. ގައުމުގެ 4 ބިތުން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް
ކުރިޔަށްދާތަން ދިވެހިރައްޔަތުންނަށް ފެނިއްޖެއެވެ. ޤަބޫލުކުރަންޖެހޭނޭ އެންމެ
ބޮޑު ހަގީގަތަކީ ތަރައްޤީގެ ސްޕީޑްގައި މައުމޫނުގެ ސަރުކާރު ދުވަންޖެހޭނީ އެމް.ޑީ.ޕީ
ސަރުކާރުގެ ފަހަތުންކަމެވެ. ފެންނަމުން ދިޔައީ މި ބޮޑު މަންޒަރެވެ.
Copyright © 2004 & 2012 Ibrahim Mohamed! Inc. All rights reserved.e-mail:ibrahimmohd@gmail.com