30 އަހަރުގެ ވެރިކަން ދިވެހިން ބަދަލުކުރީ ދިވެހިންގެ ގިނަބަޔަކަށް މައުމޫނުގެ ވެރިކަމުގައި ލިބެމުންދިޔަ އެތައްހާސް އުދަގުލަކާއި ވޭނެއް ތަޙައްމަލު ނުކުރެވިގެން ކަމާމެދަކު ޝައްކެއްވެސް ނުކުރާނެއެވެ. މައުމޫނާއި މައުމޫނުގެ އާއިލާއިން ގަބޫލުކުރާގޮތުގައި ނުވަތަ ހީވެފައި އޮންނަނީ ވެރިކަމަކީ އަބަދުވެސް އެއާއިލާގެ ތެރޭގައި އޮންނަންޖެހޭ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ސިކުޑީގެ ހަމަ ބާރުލިބިފައިވާ ހަމަވިސްނޭ މީހުން ގަބޫލުކުރާގޮތުގައި ކޮންމެ ކަމެއްގައިވެސް ޙައްދެއް އޮވެއެވެ. އެގޮތުން ވެރިކަމުގައި ވެސް ވަކި ޙައްދެއް އޮވެއެވެ. އެކަން ގަބޫލުކުރާ މީހުން ގާނޫނުއަސާސީގައި ވެރިކަމުގެ ދައުރު 5 އަހަރުގެ
ދެދައުރުކަމުގައި ކަނޑައެޅިއެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުން ރަށުބަންދުން ފިލުވާލަދިނުމަށް ރާއްޖޭގެ އެކި އެކި ޕްރޮވިންސްތަކުގައި މިސަރުކާރުން ފެއްޓެވި ދަތުރުފަތުރު ކުރުމުގެ ނިޒާމު މިއަދު އެތައްހާސް ރައްޔިތުންނެއް ބޭނުންކުރަމުންދާ ކަމީ މިނިޒާމް ރައްޔިތުން ބަލައިގެންފިކަމުގެ ވަރުގަދަ ހެއްކެކެވެ. ކުރިޔަށް އޮތް މަދު އަހަރުތަކަކީ މިނިޒާމުގެ ހިދުމަތް މުޅިރާއްޖެއަށް ފުރިހަމައަށް ލިބި އަތްފޯރާ ފަށުގައި ދަތުރުފަތުރުގެ ހިދުމަތް މުޅިރާއްޖެއަށް ލިބިގެންދާނެ ދުވަސްތަކެކެވެ. ކުރިން އަޅުގަނޑުމެން 1500 ރުފިޔާ ހޭދަކޮށް އަތްމަތި ހުސްކޮށްލާފައި ޑޮކްޓަރަށް ދައްކަން ދިޔަ ހިތި ދުވަސްތަކަށް ރައީސް ނަޝީދު މިވަނީ ނިމުން ގެނުވާފައެވެ. މިއަދު 20 ރުފިޔާއަށް، ކުރިން ކުރި ދަތުރުތަކުގެ ހަރަދު މިވަނީ ކުޑަކުރެވިފައެވެ. އެއީ މިސަރުކާރުގެ އޯގާތެރިކަމުން ރައްޔިތުންނަށް ލިބިގެންދިޔަ ހިދުމަތެކެވެ. މިއަދު ފަސޭހަކަމާއެކު އެއްރަށުން އަނެއްރަށަށް ހަރަދުކުޑަކޮށް ދަތުރުކުރެވޭއިރު ކުރިޔަށް އޮތް ދުވަސްތަކުގައި މި ހިދުމަތް ދާއިމީވެ ފުރިހަމަވެގެން ދިއުމަކީ އަޅުގަނޑުމެން ކުރާއުންމީދެވެ. އުންމީދުތައް ހަގީގަތަކަށްވާނެ ކަމާމެދު ދެބަސްވެވޭނެ ޖާގައެއް މިއަދަކުނެތެވެ.